މަންމަ ގެ ހެދުމުުގައި ހުޝީ

މަންމަ ގެ ހެދުމުުގައި ހުޝީ

Author
ފާތިމަތު ނާވީ
06 ޑިސެމްބަރ 2023 08:03
0

ބޮލީވުޑްގެ ނަންބަރު ވަން ބަތަލާގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ކުރީގެ ބަތަލާ މަރުހޫމާ ސްރީދޭވީ ގެ ހަގު އަންހެން ދަރިފުޅު އަންނަނީ ބޮލީވުޑްއަށް ނުކުތުމަށް އެންމެ ފަހުގެ މަރުހަލާ ކަޑަތު ކުރަމުންނެވެ.

ކުޝީ ބޮލީވުޑަށް ނުކުންނަނީ މި މަހުގެ 7 ވަނަ ދުވަހުގައި ނެޓްފްލިކްސް އިން ޕްރިމިއާ ކުރާ ފިލްމް "ދި އާޗީސް" އިންނެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު ޑައިރެކްޓަރު ޒޯޔާ އަހުތަރްއެވެ. މި ފިލްމް އިން ގިނަ އަދަދެއްގެ ސްޓާ ކިޑުންތަކެއް ބޮލީވުޑްއަށް ތައާރަފް ވާނެއެއެވެ.

މި ފިލްމް އަކީ ހުރިހާ ގޮތަކުން ވެސް ހުޝީ އަށް ވަރަށް ހާއްސަ ފިލްމްއެކެވެ. މި ކަން އިތުރަށް ހާއްސަ ކުރުމުގެ ގޮތުން ފިލްމްގެ ސްކްރީން އަށް ޒުވާން ހުޝީ ދިއައީ މަންމަ ގެ ހެދުމެއްގައިއެވެ. މި ހެދުން އޭނާ އާއި ވަރަށް ގުޅެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ހުޝީ ބޮލީވުޑްއަށް ތައާރަފް ވާ އިރުގައި އޭނާގެ އެއްބަދު އެންބަފާ ދައްތަ ޖާންވީ ކަޕޫރު އަކި މިހާރު ބޮލިވުޑަގައި ނަން މަޝްހޫރު ތަރިއެކެވެ. މި ދެކުދިންނަކީ ސްރީދޭވީ އާއި ފިލްމް މޭކާ ބޯނޭ ކަޕޫރު ގެ ދެ ކުދިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.