ސަލްމާން ސިނަމާތަކެއް ހުޅުވަނީ

ސަލްމާން ސިނަމާތަކެއް ހުޅުވަނީ

Author
ފާތިމަތު ނާވީ
06 ޑިސެމްބަރ 2023 05:34
0

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރު ސަލްމާން ހާން އިންޑިއާގެ އެކި ހިސާބުތަކުގައި ސިނަމާތަކެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފިއެވެ.

ސަލްމާން ބުނީ ސިނަމާތަކެއް ހުޅުވުމަކީ އޭނަ ވަރަށް ކުރިން ފެށިގެން ވެސް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް ކޯވިޑް- 19 ގެ ސަބަބުން އޭނާގެ އެ ޕްރޮޖެކްޓް ލަސްވީ ކަމަށް ވެސް ސަލްމާން ވަނީ ބުނެފައިއެވެ.

ކުރިން މީޑީއާއިން ބުނީ ސަލްމާން ބޭނުން ވަނީ އިންޑިއާގެ ތަރައްގީވެފައިވާ ހިސާބުތަކުގެ އިތުރުން ރަށްފުށުގެ ގިނަ ހިސާބުތަކެއްގައި ވެސް ސިނަމާތަކެއް ގާއިމުކުރާށެވެ. އެގޮތުން އޭނަ ހުޅުވާ ސިނަމާތަކަށް "ސަލްމާން ޓޯކީސް" ކިޔަން ނިންމާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

މިހާރުވެސް ޕްރޮޑަކްޝަން ހައުސް އެއް ހިންގާ ސަލްމާން އަކީ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ވަރަށް ކާމިޔާބު އެކްޓަރެކެވެ. އޭގެ އިތުރުން އޭނާ އަކީ ތަފާތު ވިޔަފާރީވެސް ހިންގާ ތަރިއެކެވެ. އެންމެ ފަހުން ރިލިޒް ކުރި އޭނާގެ ފިލްމް "ޓައިގާ" ގެ 3 ވަނަ ފިލްމް އަކީ ވެސް ވަރަށް ކާމިޔާބު ފިލްމްއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.