މާލޭގެ މޭޔަރުކަމަށް ވާދަކުރާ، ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމާ ޝަކުރު ފޯމު ހުށަހަޅުއްވައިފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމާ ފޮމު ހަވާލު ކުރައްވާފައިވަނީ ޕީއެންސީގެ ޗެއަރޕާސަން އަބުދުއްރަހީމްއާއެވެ.
އަބުދުއްރަހީމްއާ ފޯމު ހަވާލުކުރެއްވުމަށްފަހު އާޒިމާ ވިދާޅުވީ މިއީ ސަރުކާރާއެކީ މަސައްކަތް ކުރާނެ މޭޔަރަކު މާލޭ ސިޓީއަށް އިންތިޚާބު ކުރަންވީ ވަގުތު ކަމަށާއި، އޭނާ މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމި ހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު އަދި ރައީސް ޑރ. މުއިއްޒު މާލެއަށް ގެންގުޅުއްވި ތަސައްވަރު ކާމިޔާބު ކުރެއްވުމުގައި ކަމުގައެވެ.
މިގަޑީގައި ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ހީވާގި، މުރާލި، ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ކަމެއް.
ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން މޭޔަރުކަމަށާއި، ހުސްވެފައިވާ ކައުންސިލްގެ ގޮނޑިތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާޅާފައިވަނީ މިއަދުގެ ނިޔަލަށެވެ. ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 9 ގަ އެވެ.
މާލޭގެ މޭޔަރުކަމަށް ސަރުކާރުފަޅިން ވާދަކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ އާޒިމާ އެކަންޏެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ. ރައީސް މުއިއްޒާ އެކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ވެސް އިސްތިއުފާ ދެއްވާފައިވެއެވެ.
މި ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.
4 Responses
ސިޔާސީ ގޮތުން އާޒިމާއަކީ އެއްވެސް އޮއްޓަރެއްހުރި މީހެއްނޫން، ގާގޫނީ އިލްމު ހުރުމަކީ ތިޔަމާގާމުގެ %25 ބާކީ ނުހައްދަވާ
ދެއްކުންތެރިކަމަކީ ތިކަމަނާގެ ޑެއިޅީ ލަިފްގަ ކުރާހާވެސް ކަމަކީ، ބޭބެގެ އަތުގައި ހިފާގެންހުރެ ފޯމުހަވާލުކުރާކަމުގެ ތަސްވީރެއް ކުރަހާލާފަ އެވާހަކަ ފޭސްބުކްގައި ޝެއާރ ކޮށްލާފަ ދެންފެންނަ މަންޒަރުގަ ހުރީ އަބްދުއްރަހީމްގެ ކިއްޕައްޗަށްވަދެ ހުސްވެފަ. މިވަރު މީހަކަށް ރައްޔިތުން ނުދޭނެ ވޯޓެއް.
އާޒިމާ ނޫންގޮތެއް
ދޭނެއިރާދަކުރެއްވިޔާ