އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.
ފުލުހުން ވަނީ އެ އަންހެން މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރު ކުރި ކަން ކަށަވަރުކޮށްދީފައެވެ. އެކަމަކު، އިތުރު ތަފްސީލެއް ނުދެއެވެ.
އެނގިފައިވާ ގޮތުގައި އެއީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ ކުއްޖާ ކަޅު ކޮތަޅެއްގެ ތެރޭގައި އޮތް އިރު، ފޫޅު ވެސް ނުކަނޑައެވެ. ކުއްޖާގެ ހަށިގަނޑު މިހާރު އޮތީ ސިއްހީ މަރުކަޒުގައެވެ.
ފުލުހުން ކުރިން ބުނީ މި މައްސަލަ އެ އިދާރާ އަށް ރިޕޯޓްކުރީ މިއަދު ހެނދުނު ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ވަނީ ދިގުރަށަށް ގޮސްފައެވެ.
ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށް ކޮތަޅުތަކުން ނަގަނިކޮށެވެ.
ކޮމެންޓު ފޮނުވާ