އޯރީގެ މުޅިން ތަފާތު ވީޑިއޯއެއް

އޯރީގެ މުޅިން ތަފާތު ވީޑިއޯއެއް

Author
ފާތިމަތު ނާވީ
05 ޑިސެމްބަރ 2023 06:48
0

ބޮލީވުޑްގެ ހުރިހާ ސެލެބްރިޓީންގެ ގާތް ރަހުމަތެރި އޫރީގެ މުޅިން ތަފާތު އާ ވީޑިއޯ އެއް ވައިރަލް ވެއްޖެއެވެ.

މިހާތަަނަށް އޯރީ އާއި ބެހޭ ގޮތުން މާގިނަ މައުލޫމާތެއް އާންމުންނަކަށް އަދި މީޑިއާ އަށް ވެސް ހޯދިފައި އެއް ނުވެއެވެ. އެނގޭހައިވެސް އެއްޗަކީ އޯރީ އާއި މުޅި ބޮލީވުޑްގެ ހުރިހާ ތަރިންނާއި ހާއްސަ ގުޅުމެއް އޮންނަ ކަމެއެވެ.

އޯރީގެ މުޅި ސޯޝަލް މީޑިއާ ފުރިފައި އޮތީ އޭނާ އާއި ބޮލީވުޑްގެ ސެބްރިޓީން އެކުުގައި ނަގައިފައިވާ ފޮޓޯ ތަކުނެވެ. ހާއްސަ ކޮން ބޮލީވުޑްގައި އަރަމުން އަންނަ ޒުވާން ތަރިންނެވެ.

 

View this post on Instagram

 

A post shared by Orhan Awatramani (@orry1)

ކޮންމެ އަކަސް އޯރީ އާއި ޒުވާން ތަރިންގެ ގާތް ރަހުމަތް ތެރި ކަމުގެ ވާހަކަ ދައްކައި ކޮޅުން ނުލައިނެއެވެ. އޭނާ އަށް ދައުވަތު ނުލިބޭ ޕާޓީ އެއް ބޮލީވުޑްގައި ނުބާއްވައެވެ.

ކޮންމެއަކަސް އެންމެގެ ފޭވަރިޓް އޯރީ މިވަނީ ތަފާތު ވީޑިއޯ އަކުން އޭނާގެ ފޮލޯވަރުން އުފާ ކޮށްދީފައިއެވެ. މީ މިހާތަނަށް އޭނާ ޕޯސްޓް ކުރި އެންމެ ތަފާތު ވީއިއޯއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

އޯރީ އެކްޓަރެއް ނޫނެވެ. ޑައިރެކްޓަރެއް ނުވަތަ ޕްރޮޑިއުސަރެއްވެސް ނޫނެވެ. ދެން އޭނާ ބޮލީވުޑްގެ ހުރިހާ ހަފުލާތަކުން ތަރީންނާއެކު އަބަދުހެން ފެންނާތީ ގިނަ ބަޔަކު އަންނަނީ އެއީ ކާކުތޯ ކީއްކުރާ މީހެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. ނަމަވެސް އެ ސުވާލު ގެ ޖަވާބެއް މިހާތަނަށް ހޯދިފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.