ސިނަމާލެ ބުރިޖުމަތީ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބުރިޖުމަތީ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Author
އަހުމަދު
18 އޮގަސްޓް 2026 10:34
0

ސިނަމާލެ ބުރިޖު މަތީގައި ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހަވީރު ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހަވީރު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންނަމަވެސް "ދެން"އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ބުރިޖު ސަރަހައްދުގައި ޓްރެފިކް ބޮޑުވެ، އާރުޓީއެލް ބަހުގެ ހިދުމަތް ވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.