"މީ އިޝްގު" ގެ ޓްރެއިލާ ދައްކައިލައިފި

"މީ އިޝްގު" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
04 ޑިސެމްބަރ 2023 05:17
0

ދިވެހި ފިލްމް އިނޑަސްޓްރީގައި ބެލުންތެރިންގެ މަގުބޫލު ކަން ހޯދައިފައިވާ ޑައިރެކްޓަރު ޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.

މިހާރު ޓީޒާއެއް ވެސް ދައްކައިލި މި ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯ އިން އުފައްދައި، ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރެޒެންޓްކޮށްދޭ އެއްޗެކެވެ. މި ފިލްމް ގެ ލީޑުން ފެނިގެންދާނީ ދިވެހި ސިނަމާގައި މިހާރު ކުރިއަރަމުން އަންނަ ދެ ތަރިން ކަމަށްވާ ޝަރަފު އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް މަހު ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" ފިލްމަށް ފަހު، މި ޖޯޑު އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. މީ ވަރަށް ކާމިޔާބު ފިލްމް އަކަށް ވެގެންދާނެ ކަމަށް ބެލެވޭ ފިލްމްއެވެ.

 

View this post on Instagram

 

A post shared by Mee Ishq (@meeishq)

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ ޒުވާން ޑައިރެކްރު އަޒްހާން އިބްރާހިމްގެ އަލަތު ފީޗާ ފިލްމެވެ. އޭނަ ކުރިން ވަނީ "ދަރަކަ" އާއި "މިރާއީ" ކިޔާ ވެބް ސީރީޒްތަކެއް ގެނެސްދީފަ އެވެ. އަޒްހާން ލިޔެ، ޑައިރެކްޓްކޮށްފައިވާ "މީ އިޝްގު" އަކީ ދިވެހި ފިލްމު ސްޓޫޑިއޯގެ އުފެއްދުމެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.