"ވޯ"ގެ ދެވަނަ ބައި ގެނެސްދެނީ 2025 ގައި

"ވޯ"ގެ ދެވަނަ ބައި ގެނެސްދެނީ 2025 ގައި

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ލީޑު ރޯލު ކުޅޭ "ވޯ 2″ ބެލުންތެރިންނަށް ގެނެސްދޭނީ 2025 ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމު ރިލީޒްކުރާނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގައިއެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖްސް ފިލްމްސް (ވައިއާރްއެފް) އިން ހަދާ މި ފިލްމު އަކީ ވަރަށް އުންމީދީ ފިލްމްއެކެވެ.

"ވޯ 2″ އަކީ އެ ސްޓޫޑިއޯ އިން ރިތިކާއި ޓައިގާ ޝްރޮފާއި ވާނީ ކަޕޫރާ އެކީ ގެނެސްދިން 2019 ގެ "ވޯ" ގެ ސީކްއެލް އެވެ. ނަމަވެސް އާ ފިލްމުގެ ޓީމު މި ފަހަރު ވަނީ ބަދަލުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ވޯ 2″ ގައި ރިތިކާއި އެންޓީއާރްއާ އެކީ ބަތަލާގެ ރޯލު ކުޅޭނީ ކިއާރާ އަދުވާނީ އެވެ.

ރިތިކާ އެކީ "ވޯ 2″ ގައި އެންމެ ވަރުގަދަ ރޯލެއް ކުޅޭނީ މިދިޔަ އަހަރުގެ ފިލްމު "އާރްއާރްއާރް" ގެ ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ އެވެ. "ވޯ 2″ ޑައިރެކްޓުކުރަނީ ކަރަން ޖޯހަރުގެ "ޔޭ ޖަވާނީ ހޭ ދިވާނީ" އާއި "ބްރަހަމާސްތުރަ: ޕާޓް ވަން" ވެސް ޑައިރެކްޓުކުރި އަޔަން މުކަރްޖީ އެވެ.

އެ ފިލްމު ވާނީ ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ހަވަނަ ފިލްމަށެވެ. އެ ޔުނިވާސްގެ ފިލްމެއް ކަމަށްވާ ސަލްމާން ހާން ލީޑު ރޯލު ކުޅޭ "ޓައިގާ 3″ މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *