ރުބީނާ އަށް ލިބެނީ ޓްވިންސްއެއް

ރުބީނާ އަށް ލިބެނީ ޓްވިންސްއެއް

Author
ފާތިމަތު ނާވީ
03 ޑިސެމްބަރ 2023 07:30
0

ޓިވީ ޑްރާމާ ތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާ ރުބީނާ ދިލައިކަށް ލިބެނީ ޓްވިންސް އެއް ކަމަށް އޭނާ ބުނެފިއެވެ.

ޓޯކް ޝޯއެއް ކަމަށްވާ "ކިސީނޭ ބަތާޔާ ނެހީ" ކިޔާ ޝޯއެއްގައި އޭނަ ވަނީ އެވާހަކަ ހިއްސާ ކޮށްފައިއެވެ. އިތުރަށް ރުބީނާ ބުނި އެކަމާއި އޭނާ އާއި ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ ވެސް ހުރީ އެކަމާ ވަރަށް އުފަލުން ކަމަށެވެ. ރުބީނާ ބަލިވެއިކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14″ ވެސް ކާމިޔާބުކުރި ބަތަލާ ބުނީ އެއްމާބަނޑު ދެ ކުދިންނަށް ކުރިން އުންމީދު ވެސް ނުކުރާ ކަމަށެވެ. އަދި ދެމަފިރިން ތިބީ އެކުދިން އުފަންވާނެ ދުވަހަށް ކެއް މަދުވެފައިކަަމަށް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Rubina Dilaik (@rubinadilaik)

 

ރުބީނާ، 34، އާއި އަބިނާވް، 40، ކައިވެނިކުރީ، 2018 ގަ އެވެ. އަބިނާވް އާއި ރުބީނާ އަކީ ކަލާސްގެ "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފައިވާ ދެ މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.