ރަންދީޕް ކައިވެނި ކޮށްފި

ރަންދީޕް ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
02 ޑިސެމްބަރ 2023 06:13
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންދީޕް ހުޑާ ކައިވެނި ކޮށްފިއެވެ. އެކައިވެނި އޮތީ މިދިއަ ބުދަ ދުވަހުގައިއެވެ.

ރަންދީޕް، 47، ކައިވެނިކުރީ ބޮލީވުޑްގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ އަދި މޮޑެލްއެއް ކަމަށްވާ 37 އަހަރުގެ ލިން ލައިޝްރަމްއާ އެވެ. ލިން އަކީ ވިޔަފާވެރިއެއްގެ އިތުރުން މޮޑެލްއެކެވެ. މި ކައިވެނި އޮތީ ލިންގެ އުފަން ސްޓޭޓް ކަމަށްވާ މަނިޕޫރުގެ ހޮޓެލްއެއްގަ އެވެ.

މި ކައިވެނީގައި ދެފަރާތުގެ އާއިލާ އާއި ރައްޓެހިން ވަނީ ބައިވެރި ވެފައިއެވެ. އެ ކައިވެނި ހަފުލާ ބޭއްވީ ވެސް މަނިޕޫރުގެ ސަގާފަތާ ގުޅޭ ގޮތަށެވެ.  ކައިވެނި ހަފުލާގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް ރަންދީޕް ބުނީ އޭނަ އާއި ލިން މިހާރު އެކައްޗަކަށްވީ ކަމަށެވެ.

 

View this post on Instagram

 

A post shared by Randeep Hooda (@randeephooda)

ރަންދީޕްގެ އެކްޓިން ކެރިއަރުގެ ފެށުމަކީ މީރާ ނައިރްގެ 2001 ގެ ކޮމެޑީ-ޑްރާމާ "މޮންސޫން ވެޑިން" އެވެ. އޭގެ ފަހުން އެތައް ފިލްމެއް ކުޅުނު ނަމަވެސް ލީޑް އެކްޓަރަކަށް ވުރެ ބޮޑަށް ރަންދީޕް ފާހަގަކުރެވިފައި ވަނީ ސަޕޯޓިން އެކްޓަރެއްގެ ގޮތުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.