ފަލަސްޠީނަށް އެހީވުމަށް އާބަންކޯއިން ޚާއްޞަ ފަންޑުރައިޒް އިންވެންޓެއް މިއަދު ފަށަނީ

ފަލަސްޠީނަށް އެހީވުމަށް އާބަންކޯއިން ޚާއްޞަ ފަންޑުރައިޒް އިންވެންޓެއް މިއަދު ފަށަނީ

Author
އައިޝަތު އަޙްމަދު
01 ޑިސެމްބަރ 2023 12:23
0

އަރބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގް އިވެންޓެއް މިއަދު ރުއްގަނޑު ދޭއްގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00- 10:00 އަށެވެ. މި އިވެންޓްގައި ފަންޑްރައިޒް ކުރުމުގެ އިތުރުން ފަލަސްތީނުގެ ހާލަތާއިމެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދެވިގެންދާނެކަމަށް އާބަންކޯއިން ބުންޏެވެ. އަދި މަޣްރިބް ނަމާދުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުޢާއެއް ކުރުންވެސް ކުރިއަށްދާނެކަމަށް އާބަންކޯއިން ބުންޏެވެ. މި އިވެންޓް ނިންމާލަމުން އައިއޭސީ އަށް ޗެކް ހަވާލުކުރުމަށްފަހުއެވެ.

އެހެންކަމުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންންސް އެހީވުމަށްޓަކައި ވީހާ ވެސް ގިނަ މީހުން މި އިވެންޓުގައި ބައިވެރިވުމަށް އާބަންކޯއިން އެދެއެވެ.

އާބަންކޮއިން އަންނަނީ މިފަދަ ގިނަ ކަންކަމުގައި އިސްނަގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.