އާބަންކޯގެ އެމްޑިކަމަށް އިއްޔެ އައްޔަން ކުރެއްވި، ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ރަޝީދު ހިޔާ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި އަދި އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކާއި ބައްދަލު ކުރައްވައިފިއެވެ.
އާރބަންކޯއިން ބުނެފައިވަނީ، އެ ކުންފުނީގެ އާ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިއަދު ހުޅުމާލޭ ފޭސް 2 ބީޗް ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތްކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައި ވާކަމުގައެވެ.
އަދި އެސަރައްދުގައި ވިޔަފާރި ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށް ހުރި މައްސަލަތައް ބަލާ އެކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން ފަޒުލް ވަނީ އަރުވާފައިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ. މިޒިޔާރަތުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ސުޖާއުވެސް ވަނީ ބައިވެރިވެފައެވެ.
ކޮމެންޓު ފޮނުވާ