އަންނަ މަޖިލިސް އިންތިޚާބުގައި ނަޝީދު ވާދަ ނުކުރައްވާނެ

އަންނަ މަޖިލިސް އިންތިޚާބުގައި ނަޝީދު ވާދަ ނުކުރައްވާނެ

Author
ހުސެއިން
29 ނޮވެމްބަރ 2023 03:12
0

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ނަޝީދު މިކަން ހާމަ ކުރައްވާފައިވަނީ އެމަނިކުފާނުގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުން މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

މި ވަޓްސްއަޕް މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރައްވަން ހުރި މަސައްކަތްތައް ވަރަށް ގިނަމަކަށާއި، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމުގައެވެ. އެހެންނަމަވެސް ގިނައިން ދިރިއުޅުއްވާނީ ރާއްޖޭގައިކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އަޅުގަނޑު ދެން އަންނަ އިންތިހާބަކަށް ކުރިމަތި ނުލާނެ. އަޅުގަނޑުގެ އެހެން މަސައްކަތް ވަރަށް ގިނަ. އެކަމު ރާއްޖޭގައި ގިނައިން އުޅޭނީ.

ވަޓްސްއަޕް މެސެޖުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު 19 ވަނަ މަޖިލިހަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެެވެ. މަޖިލިހުގެ ދައުރު ފެށިގެން ދިޔައީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮވެ، ނަޝީދު ވަޑައިގެންނެވީ މަޖިލިސް ރައީސްކަމުގެ މަގާމަށެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި ނަޝީދުއާއި ރައީސް ސާލިހާ ދެބޭފުޅުންގެ މެދުގައި މައްސަލަ ޖެހި ނަޝީދުވަނީ އެންމެ ފަހުން އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދަވާފައެވެ. އަދި ފާއިތުވި ރިޔާސީ އިންތިޚާބަށްފަހު އެމްޑީޕީންވަނީ ނަޝީދު މަޖިލިސް ރައީސްކަމުން ދުރު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނޭކުރެންދޫ އަލީ އބްދު ރަހްމާން
އަންނި ލާ ގ ގަ ވަސް ދުވާ ހިސާބައް އާދެވޭނެ މީހަކު ވެސް ތި އެމްޑީޕީ ގަ ނެއް
ނ ނޭކުރެންދޫ އަލީ އބްދު ރަހްމާން
އަންނި ލާ ގ ގަ ވަސް ދުވާ ހިސާބައް އާދެވޭނެ މީހަކު ވެސް ތި އެމްޑީޕީ ލާދީނީ ގަ ނެއް
ހ ހުސަޭނުބެ
ކުރިމަތިލިޔަސް ނުހޮވޭނެ! އަދި ކައިރީގައި އެބުރުނު އެންމެންވެސް ވާނީ ބާކީ! ޕާޓީގަޑުވެސް އޮޔާދާނީއެވެ.
‏ދިވެހި އަންހެނުން
ބަލަ އެގޭވިއްޔަ ނޮހޮވޭނެކަން .