ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު އައިޝަތު ރަމީލާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަން ހާމަ ކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވާ އޭނާގެ ފޭސްބުކު ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ. ފޭސުބުކް ޕޯސްޓުގައި ރަމީލާ ވިދާޅުވެފައިވަނީ ކެންސަރު ބައްޔަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، ބަލި މިހާރު ހުރީ އެޑްވާނަސް ސްޓޭޖުގައި ކަމުގައެވެ.
އެހެންނަމަވެސް އޭނާ ފަރުވާ ހޯއްދަވަނީ ކޮން ބާވަތެއްގެ ކެންސަރަށް ކަމެއް ހާމަ ކުރައްވާފައެއް ނުވެއެވެ.
ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން.
މިނިސްޓަރ ރަމީލާގެ ފޭސްބުކު ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒު ރަމީލާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ މިމަހުގެ 17ވަނަ ދުވަހުއެވެ.
ރަމީލާ މީގެކުރިން ވަނީ ހްލެތް މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. މީގެ ކުރިން އޭނާވަނީ އެވިޑް ކޮލެޖްގެ ޑީންކަންވެސް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ