ކުރިއަށް އޮތީ ސަލްމާން ގެ "ބުލް"

ކުރިއަށް އޮތީ ސަލްމާން ގެ "ބުލް"

Author
ފާތިމަތު ނާވީ
28 ނޮވެމްބަރ 2023 05:07
0

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސަލްމާން ޚާން ކުޅޭ ފިލްމުގެ ނަމަކީ "ބުލް" ކަން ކަށަވަރުކޮށް ދީފި އެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޓައިގާ 3″އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީ ފާހަގަ ކުރަމުން އަންނަ ސަލްމާން ޚާން އޭނާގެ ކުރިއަށް ހުރި މަސައްކަތް ތަކުގެ ތަފްސީލުތައް މީޑިއާއާ ހިއްސާކޮށް ވާހަކަދައްކަމުން ބުނީ އޭނަގެ އިތުރު ދެތިން ޕްރޮޖެކްޓެއް ވެސް ކުރިއަށް އެބައޮތް ކަމަށެވެ. އެއީ "ދަބަންގް" ފްރެންޗައިޒްގެ އިތުރު ފިލްމަކާއި "ކިކް" ސީކްއެލްގެ އިތުރުން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެއް ކަމަށް ސަލްމާން ބުންޏެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

އެގޮތުން އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސްއިން އުފައްދާ "ދަ ބުލް" ނަމަކަށް ކިޔާ ފިލްމެކެވެ.

ދަރުމާ އަށް ސަލްމާން ސޮއިކޮށްފައިވާ "ދަ ބުލް" އަކީ އެ ސްޓޫޑިއޯގެ 2021 ގެ "ޝޭރުޝާ" ގެ ޑައިރެކްޓަރު ވިޝްނޫވަރުދާން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމަކީ ކަރަން ޑައިރެކްޝަނަށް ނުކުތް 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގެ ރޯލެއް ކުޅުނު ފަހުން ދަރުމާގެ ފިކްމެއް ސަލްމާން ކުޅޭ ފުރަތަމަ ފަހަރެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

މިއަހަރު އިންޑިއާގެ ނެޝަނަލް އެވޯޑުގެ ތެރެއިން ހާއްސަ ޝަރަފެއް އެރުވިފައިވާ ވިޝްނޫ ވަރަދާން ޑައިރެކްޓްކުރާ އެ ފިލްމުގައި ސަލްމާން ފެނިިގެންދާނީ ޕެރެމިލިޓަރީ އޮފިސަރެއްގެ ގޮތުގައި ކަމަށް ހަބަރުތައް ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.