ރައީސް މުއިއްޒުގެ ސަރުކާރުން 22 ކުންފުންޏަކަށް އެމްޑީން އައްޔަން ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އަށް ނަންތައް ފޮނުވައިފިއެވެ.
ޕީސީބީން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިޔަށްދަނީ ސަރުކާރުން ފޮނުވާފައިވާ ބޭފުޅުންގެ ނަންތައް ސްކްރީންކޮށް، ސާފުކުރަންޖެހޭ އެހެނިހެން މައުލޫމާތު ސާފުކުރުމުގެ މަސައްކަތްތައް ކަމުގައެވެ. އަދި ކުންފުނިތަކަށް އެމްޑީން އައްޔަން ކުރުން ލަސްވުމުގެ ސަބަބުން ހިންގުމަށް ބުރޫ އަރާފައިވާތީ އެމްޑީން އައްޔަން ކުރުމުގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް އެ ބޯޑުން ބުނެފައި ވެއެވެ.
ކުންފުނިތަކަށް ހަމަޖައްސަ ރައީސް މުއިއްޒު ފޮނުއްވާފައިވާ ނަންތަކަކީ:
- އެސްޓީއޯ – އެ ކުންފުނީގެ ބޯޑް މެންބަރު ޝިމާދު އިބްރާހިމް
-
ފެނަކަ – މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު
-
އާބަންކޯ – ފެލިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު މުހައްމަދު ފަޒުލް ރަޝީދު
-
އެމްއޭސީއެލް – ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު އިބްރާހިމް ޝަރީފް މުހައްމަދު
- އެމްޕީއެލް – މުހައްމަދު ވަޖީހު އިބްރާހިމް
- މޯލްޑިވްސް ގޭސް – އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)
- އާސަންދަ – ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)
- އެމްޓީސީސީ – ޒިޔާދު ލަތީފު
- އެފްއެސްއެމް – އިޝްމާއިލް ޝުހެއިލް
- މިފްކޯ – ކުރީގެ ސިޓީ ކައުންސިލަރު އަހުމަދު ޝަމާހު ރަޝީދު
- އެމްޑަބްލިއުއެސްސީ – އަބްދުލް މަތީނު މުހައްމަދު
- ފަހި ދިރިއުޅުން ކޯޕަރޭޝަން – ހަމްދާން ޝަކީލް
- ރީޖަނަލް އެއާޕޯޓްސް – ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން
- ވެމްކޯ – ސިޓީ ކައުންސިލްގެ އެސްޖީ މުޖުތަބާ ޖަލީލް
- ޕީއެސްއެމް – ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ މެންބަރު ޒީނާ ޒާހިރު
- އެމްއެމްޕީއާރުސީ – ކޮކޯ ކަލެކްޝަންގެ ޑިރެކްޓާ އޮފް ސޭލްސް އައިޝަތު ޝުހޭލާ
- އާރުޑީސީ – ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު
- ހައްޖު ކޯޕަރޭޝަން – ޕީޕީއެމްގެ ކުރީގެ އެސްޖީ މުހައްމަދު ޝަކީލް
- ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން – އެންސީއޭގެ ކުރީގެ ވެރިޔާ އަހުމަދު ނާޒިމް (ހެރިސް އަންމަޑޭ)
- ސްޓެލްކޯ – އެ ތަނުގެ ޖެނެރަލް މެނޭޖަރު ހުސެއިން ފަހުމީ
- އެންސްޕާ- ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު
މިބޭފުޅުންގެ ނަންނަތައް ޕީސީބީއަށް ސަރުކާރުން ފޮނުވާފައިވި ނަމަވެސް، އެ ބޭފުޅުން އަދި މަގާމްތަކަށް ހަމަޖައްސާފައެއް ނުވެއެވެ. ކުންފުނިތަކަށް އެމްޑީން އައްޔަންކުރުން ލަސްވެގެން ދިޔައީ މި ސަރުކާރު ހަވާލުވީއިރު ޕީސީބީގެ ބައްދަލުވުންތައް ބޭއްވޭ ވަރަށް ބޯޑުގެ މެންބަރުން ހަމަނުވާތީއެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު މިހާރުވަނީ ބޯޑުގެ މެންބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ.
ކޮމެންޓު ފޮނުވާ