ސަރުކާރު ހިއްސާވާ 7 ކުންފުންޏަކަށް އެމްޑީން އައްޔަންކުރަން އާ ސަރުކާރުން ޕީސީބީއަށް ނަން ފޮނުވައިފިއެވެ.
ރައީސް މުއިއްޒު އެމްޑީން އައްޔަންކުރަން ނަން ފޮނުވާފައިވާ ކުންފުނި ތަކަކީ ވެމްކޯ، ފެނަކަ، ރީޖަނަލް އެއްޕޯޓްސް، އާބަންކޯ، ޕީއެސްއެމް، އެންސްޕާ އަދި އާސަންދައަށެވެ.
މި ކުންފުނިތަކަށް އައްޔަންކުރާ ބޭފުޅުންނަކީ:
- އެންސްޕާ- ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު
- އާސަންދަ- ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
- ވެމްކޯ- އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލް
- ފެނަކަ- މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު
- ރީޖަނަލް އެއާޕޯޓްސް – ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން
- އާބަންކޯ – ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު
- ޕީއެސްއެމް – ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރު
މިބޭފުޅުންގެ ނަންނަތައް ޕީސީބީއަށް ސަރުކާރުން ފޮނުވާފައިވި ނަމަވެސް، އެ ބޭފުޅުން އަދި މަގާމްތަކަށް ހަމަޖައްސާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ