ޝިއުނާއާއި މަލްޝާ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނަށް

ޝިއުނާއާއި މަލްޝާ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނަށް

Author
އައިޝަތު އަޙްމަދު
26 ނޮވެމްބަރ 2023 06:03
0

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް، އަދި ތަރުޖަމާނަކަށް ހުންނެވި މަރިޔަމް ޝިއުނާއާއި، މީޑިއާ އޮފިސަރު މަލްޝާ ޝަރީފް ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކޮށްފިއެވެ.

ޔޫތު  މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރައްވާތީ އެދެބޭފުޅުން ސިޓީ ކައުންސިލުން އިސްތިއުފާދެއްވީ މިއަދެވެ.

ސިޓީ ކައުންސިލްގެ ތަރުޖަމާނަކަށް މަސައްކަތްކުރުމުގެ ކުރިން ޝިއުނާ އަކީ ނޫސްވެރިއެކެވެ. އެގޮތުން ވީޓީވީ، އާއި ދިވެހި ޗެނަލްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ. އަދި ސިޓީ ކައުންސިލްގެ ރުޖަމާނުކަމުގެ މަގާމުގައި ހުންނަވައިގެންވެސް ބައެއް ނޫސްތަކަށް ހަބަރު ލިޔެފައިވެއެވެ. އަދި ސަންގުޓީވީގައި ޕާޓް ޓައިމް އެންކަރއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވެއެވެ.

ޝިއަުނާއަކީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކަށް ތާޢީދުކުރާ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ޒުވާނެކެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވި މަލްޝާ ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މާކެޓިން އެންޑް ސޯޝަލް މީޑިއާ އޮފިސަރެއްގެ މަގާމު ހަތަރު އަހަރު ފުރުއްވާފައެވެ. މަލްޝާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލާސް އޮފް އާޓްސް، ބިޒްނަސް އެންޑް މާކެޓިން ހާސިލު ކުރައްވާފައެވެ. އަދި ބިޒްނަސް މެނޭޖްމަންޓުގެ ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.