އަހަރެންނަކި ސިންގަލް މަމް އެއް ނޫން: އިލިއާނާ

އަހަރެންނަކި ސިންގަލް މަމް އެއް ނޫން: އިލިއާނާ

Author
ފާތިމަތު ނާވީ
27 ނޮވެމްބަރ 2023 08:54
0

ދަރިފުޅު ބަލަނީ އަމިއްލަ އަށް ނޫން ކަމަށާއި އޭނާ އާއި އެއްވަރަށް ދަރިފުޅުގެ ކަންކަމުގައި އެކުއްޖާގެ ބައްޕަ އުޅޭ ކަމަށާއި އެހެންވެ އޭނާ އަކީ ސިންގަލް މަމް އެއް ނޫން ކަމަށް ބަތަލާ އިލިއާނާ ޑިކުރޫޒް ބުނެފިއެވެ.

މިދިއަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުގައި އަލަތު ދަރިއަކު ލިބުނު އިލިއާނާ ވަނީ އިންސްޓަގްރާމްގައި ސުވާލާއި ޖަވާބުގެ ސެޝަން އެއް ކުރިއަށް ގެންގޮސްފައިއެވެ. އަދި ދަރިފުޅާއި ބެހޭގޮތުން ގިނަ ސުވާލު ތަކަށް އޭނާ ޖަވާބު ދިންކަން ފާހަގަ ކޮށްލެވެއެވެ.

 

View this post on Instagram

 

A post shared by Ileana D’Cruz (@ileana_official)

އެގޮތުން މީހަކު ވަނީ ސިންގަލް މަމް އެއްގެ ގޮތުގައި ދަރިފުޅު ބެލުމަކީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކޮށްފައިއެވެ. އޭގެ ޖަވާބުގައި އޭނާ ވަނީ އެއީ ސިންގަލް މަމް އެއް ނޫން ކަމަށް ބުނެފައިއެވެ. އަދި ވަނީ ދަރިފުޅުގެ ބައްޕަގެ ފޮޓޯއެއް ވެސް ހިއްސާ ކޮށްފައިއެވެ.

މިއަހަރުގެ ކުރީކޮޅުގައި އިލިއާނާ ބަނޑުބޮޑުކަން އިއުލާން ކުރުމާއި އެކުގައި ގިނަ ބަޔަކަށް ވަނީ ހައިރާން ކަން ލިބިފައިއެވެ. ސަބަބަކީ އޭނާ އަކީ ކައިވެނި ކޮށްގެން އުޅޭ ބަތަލާ އަކަށް ނުވުމެވެ.

 

View this post on Instagram

 

A post shared by Ileana D’Cruz (@ileana_official)

ބޮލީވުޑްގައި މިހާތަނަށް މާބޮޑު ކާމިޔާބެއް ހޯދިފައިނުވާ ބަތަލާ ވަނީ ސައުތުގެ ބައެއް ފިލްމް ތަކުން ވެސް ފެނިގެން ގޮސްފައިއެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ "ދަ ބިގް ބުލް"ކިޔާ ފިލްމް އަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.