ޑައިރެކްޓަރު ރާޖްކުމާރު މަރުވެއްޖެ

ޑައިރެކްޓަރު ރާޖްކުމާރު މަރުވެއްޖެ

Author
ފާތިމަތު ނާވީ
26 ނޮވެމްބަރ 2023 03:35
0

ބޮލީވުޑަށް ކާމިޔާބު ފިލްމް ތަކެއް ގެނެސްދިން މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ކޯލީ މަރުވެއްޖެ އެވެ.

މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި ހާޓް އެޓޭކެއް ޖެހިގެން ރާޖްކުމާރު މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައިއެވެ. ރާޖްކުމާރު މަރުވި އިރުގައި އޭނާގެ އުމުރަކީ 93 އަހަރުގައެވެ.

ރާޖްކުމާރު މަރުވިކަން އެނގުނީ ފާހާނާ އަށް ވަން ގޮތަށް ނުނުކުމެ، ގިނައިރުވާތީ ދޮރު ހަލާކުކޮށްލައިގެން ވަނުމުންނެވެ. ރާޖްޖުމާރުގެ ޖަނާޒާ މިއަދު ބާއްވަން ހަމަޖެހިިފައިވެ އެވެ.

ރާޖް ކުމާރަކީ މަޝްހޫރު ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީގެ ކުރީގެ ލޯބިވެރިޔާ އަރްމާން ކޯލީގެ ބައްޕައެވެ. އެމީހުން ރައްޓެހިވީ އެކުގައި ވާދަކުރި ކަލާސްގެ ރިއަލިޓީ ޝޯވ "ބިގް ބިސް" ގެ ގެއިން ދިމާވެގެންނެވެ.

 

View this post on Instagram

 

A post shared by Armaan Kohli (@armaankohliofficial)

ރާޖްކުމާރު އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2002 ގެ "ޖާނީ ދުޝްމަން: އޭކް އަނޯކީ ކަހާނީ" އެވެ. ރާޖްކުމާރުގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމު ތަކުގެ ތެރޭގައި ޖާނީ ދުޝްމަން (1979)، ރާޖް ތިލަކް (1983)، އޯރް ތަވާއީފު (1990) އަދި ނާގިން (1976) ފަދަ ފިލްމުތައް ހިމެނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.