ވިކީ އާއި އެކުގައި ކުޅެން ބޭނުން ވަނީ އެކްޝަން ފިލްމްއެއް: ކެޓްރީނާ

ވިކީ އާއި އެކުގައި ކުޅެން ބޭނުން ވަނީ އެކްޝަން ފިލްމްއެއް: ކެޓްރީނާ

Author
ފާތިމަތު ނާވީ
26 ނޮވެމްބަރ 2023 05:33
0

ލޯބިވާ ފިރިމީހާ ވިކީ ކޯޝަލް އާއި އެކުގައި ކުޅެން ބޭނުން ވަނީ އެކްޝަން ޖޯންރާގެ ފިލްމެއް ކަމަށް ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

ބޮޑު ކާމިޔާބެއް ހޯދަމުން އަންނަ ކެޓްރީނާގެ ފިލްމް "ޓައިގާ 3″  އާއި ބެހޭގޮތުން ވާހަކަދައްކަމުން ކެޓްރީނާ ބުނީ  ވިކީއާ އެކީ ފިލްމެއް ކުޅެން ޝައުގުވެރިކަން ބޮޑު ކަމަށާއި އެހެންވެ ދެ މީހުން ވެސް ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓަކަށް އިންތިޒާކުރަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް މިހާތަނަށް އަދި އެމީހުން ހިތްހަމަ ޖެހޭ ކަހަލަ ފިލްމް ނުލިބޭ ކަމަށްވެސް ބުނެފައިވެއެވެ. މީގެ ކުރިން މީޑިއާ އާއި ވާހަކަދައްކަމުން ވިކީ ވެސް ބުނީ ހަމަ އެފަދައިންނެވެ. ވިކި ބުނީ ފިލްމް އެއް ކުޅޭށޭ ކިޔަފައި ދެމަފިރިން އެކުގައި ފިލްމް އެއް ކުޅެން ބޭނުން ނުވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކެޓްރީނާ އާއި ވިކީ ބުނީ ދެމަފިރިން އެކީގައި ފިލްމެއް ކުޅުމަކީ އުންމީދެއް ކަމަށާއި އެފަދަ ފުރުސަތެއް ކައިރި މުސްތަގުބަލެއްގައި ފަހިވާނެ ކަމަށް އުންމީދު ވެސް ކުރާ ކަމަށެވެ. ލޯބީގެ ގޮތުން އެކުގައި އުޅުމަށް ފަހުގައި ވިކީ އާއި ކެޓްރީނާ ކައިވެނިކުރީ 2021 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.