"މެރީ ކްރިސްމަސް" ގެނެސްދޭނީ އަންނަ އަހަރު ޖެނުއަރީގައި

"މެރީ ކްރިސްމަސް" ގެނެސްދޭނީ އަންނަ އަހަރު ޖެނުއަރީގައި

Author
ފާތިމަތު ނާވީ
25 ނޮވެމްބަރ 2023 02:22
0

އަންނަ މަހު ގެެނެސްދިނުމަށް ތާވަލް ކުރި ފިލްމް "މެރީ ކްރިސްމަސް" އަންނަ އަހަރުގެ ޖެނުއަރީ އަސް ފަސްކޮށްފިއެވެ. މިހާރު އެ ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ 12 އަށެވެ.

ބޮލީވުޑްގެ ރީތި ބަތަލާ ކެޓްރީނާ ކައިފް އާއި ސައުތުގެ އެފަދަ ދެވަނެއް ނުވާ ކާމިޔާބު އެކްޓަރ ވިޖޭ ސެތުޕަތީ އެކުގައި ފެނިގެންދާ ފިލްމް ލަސް ކުރި ނަމަވެސް މި ފިލްމް ލަސްކުރީ ކީތްވެ ކަމެއް ހާމަ އެއް ނުކުރެއެވެ. ނަމަވެސް މިއަހަރުގެ ކުރިއަށް ހުރީ ވަރަށް ވަރުގަދަ ފިލްމް ތަކެއް ކަން ފާހަގަ ކޮށްލެވެއެވެ.

"ރޭސް" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "މޭރީ ކްރިސްމަސް" އަކީ ތުރިލާއެކެވެ. ސްރީރާމް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ތިން ނެޝަނަލް އެވޯޑް ހޯދި 2018 ގެ ބްލެކް ކޮމެޑީ ކްރައިމް ތުރިލާ "އަންދާދުން" އެވެ.

 

View this post on Instagram

 

A post shared by Tips Films (@tipsfilmsofficial)

"މޭރީ ކްރިސްމަސް" އަކީ އިންޓަވަލެއް ނުހިމެނޭ ގޮތަށް ހަދާ 90 މިނިޓްގެ ފިލްމެކެވެ. ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި މި ފިލްމު ސްރީރާމް ހަދަނީ ކުރު ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.