ކައުންސިލްތައް އޮތީ ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށްދާން ތައްޔާރަށް: އާދަމް ޝަރީފް

ކައުންސިލްތައް އޮތީ ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށްދާން ތައްޔާރަށް: އާދަމް ޝަރީފް

Author
އައިޝަތު އަޙްމަދު
24 ނޮވެމްބަރ 2023 02:53
0

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށް ދިއުމަށްކަމަށް މިސަރުކާރުގެ ކައުންސިުލްތަކާއި ގުޅޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވަނީ ވަޒީރުކަމާ ހަވާލުވެވަޑައިގެން ފުރަތަަ ފަހަރަށް އަތޮޅުތެރެއަށް ދަތުރު ކުރައްވާފައެވެ.  އެގޮތުން ބ. ކަމަދޫގައި ބޭއްވި އެސޯސިއޭޝަން އައިޑިއޭޝަން ވޯކްޝޮޕަށް ވަޑައިގެނެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ އެ ވޯކްޝޮޕް ކުރިއަށްދިތައީ ބ، ހއ. އަދި ނ. އަތޮޅުގެ ކައުންސިލްތަކާއެކު ވަރަށް އެކުވެރި މާހާއުލެއްގައިކަމަށެވެ. މި ދަތުރުކުގައި ކުރެވުނު މަޝްވަރާތަކުގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތައް ދެނެގަނެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކައުންސިލަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވައިގެން ކުރިއަށް ވަޑައިގަންނަވަން.

– އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މިސަރުކާރުން ކައުންސިލްތަކަށް ޚާއްޞަ މިނިސްޓްރީއެއް އުފެއްދީ ސަރުކާރާ ކައުންސިލްތައް ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުމަށެވެ. އަދި ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދެއްވާނެކަމަށް ސަރުކާރުން ވަނީބުނެފައެވެ. މިގޮތުން ބޯހިޔާވހިކަން ދޫކުރާއިރު ދިރިއުޅުމުގެ ހާލަތު ބެލުންވެސް ކައުންސިލްތަކަށް ދޫކޮށްލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.