ޝޫޓިންގެ ތެރެއިން ކަރަން ވީރަށް އަނިޔާވެއްޖެ

ޝޫޓިންގެ ތެރެއިން ކަރަން ވީރަށް އަނިޔާވެއްޖެ

Author
ފާތިމަތު ނާވީ
22 ނޮވެމްބަރ 2023 06:51
0

ކަރަން ވީރަށް ބޮހްރާ ޝޫޓިންގ ގެ ތެރެއިން އަނިޔާވެއްޖެއެވެ. އޭނާ އަށް އަނިޔާވީ ސްޓާ ބާރަތް އިން ގެނެސްދޭ ސީރީޒް "ސޯބަގްޔަވަތީ ބަވާ"ގެ ޝޫޓިންގެ ތެރެއިންނެވެ. މި ޑްރާމާގައި އޭނާ ފެނިގެންދަނި ލީޑު އެއް ތަރީގެ ގޮތުގައިއެވެ.

އިންޑިއާގެ މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުގައި ވާގޮތުގައި ކަރަންވީރަށް އަނިޔާވީ ބާރު ސްޕީޑްގައި ދުވަން ޖެހޭ މަންޒަރެއް ކުޅުމުގެ ތެރޭގައި ކައްސާލައި ވެއްޓިގެންނެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަންވީރު ބުނީ އެ މަންޒަރަކީ އެ ޑްރާމާގައި އޭނާގެ ދަރިފުޅު ސަލާމަތްކުރަން ޖެހޭ މަންޒަރެއް ކަމަށެވެ. އެހެން ކަމުން އޭނާ ޝޫޓިންގެ ތެރެއަށް ގެއްލުނު ވަރުން އެހެން ކަމަކަށް ފަރުވާ ނުބެހެއްޓުނީ ކަމަށެވެ.

ކަރަން އަށް އަނިޔާ ވެފައިވަނީ ކަކުލަށެވެ. އެ ކަކުލަކީ މިގެ ކުރިންވެސް އަނިޔާ ވެފައިވާ ކަކުލެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ. އެއީ "ބިގް ބޮސް" ގައި އޭނާ ވާދަކުރި އިރުގައިއެވެ. އިތުރަށް އޭނާ ބުނީ ވެއްޓުނު އިރު އޭނާގެ އަންހެނުން ވެސް ހުރިކަމަށެވެ.

 

View this post on Instagram

 

A post shared by Karanvir🔱 (@karanvirbohra)

"ސޯބަގްޔަވަތީ ބަވާ" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޑްރާމާ އެކެވެ. ގިނަ ބެލުންތެރިން ގެ މެދުގައި މި ޑްރާމާ ވަރަށް މަގުބޫލުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.