އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއް ހަމަޖައްސައިފި

އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއް ހަމަޖައްސައިފި

Author
ހުސެއިން
21 ނޮވެމްބަރ 2023 06:44
0

އަރަބިއްޔާ ސްކޫލު އަޅާނެ ބިމެއް ސަރުކާރުން ކަނޑައަޅައިފިއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ އަމަލީ މަސައްކަތް ފެށުމަށްވެސް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އަރަބިއްޔާ ސްކޫލު އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ.

އަރަބިއްޔާ ސްކޫލު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެކުލަވާލާފައިވާ "ހަފްތާ 14″ގެ ތެރޭގައި ހިމަނާފައިވާ މަސައްކަތެކެވެ.

އަރަބިއްޔާ ސްކޫލު ޖާގައިގެ ގޮތުން ތަނަވަސް، އެކަށޭނެ ބޮޑު ބިމެއްގައި އިމާރާތްކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމުދެވޭ މަރުކަޒަކަށް އެތަން ބަދަލުކުރުމަކީ، ޑރ. މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ހިމަނާފައިވާ ރިޔާސީ ވައުދެއްވެސް މެއެވެ.

އަރަބިއްޔާ ސްކޫލު ހިންގާނެ ދާއިމީ އިމާރާތެއް ނެތުމުގެ ޝަކުވާ އެސްކޫލުގެ ބެލެނެވެރިން ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ފާއިތުވެގެން ގޮސްފައެވެ. އަދި އެ ޝަކުވާތަކަށް މިއަދާއި ހަމައަށްވެސް އެކަށީގެންވާ ހައްލެއް ލިބިފައި ނުވިނަމަވެސް، ރައީސް މުއިއްޒުވަނީ ފާއިތުވި ރިޔާސީ ކެމްޕޭންގައި، އެ ޝަކުވާތަކަށް ހައްލު ހޯދާދީ އަރައްބިއްޔާއަށް ޖާގައިގެ ގޮތުންވެސް ތަނަވަސް ފުރިހަމަ އިމާރާތެއް އަޅާދޭނެ ކަމަށް ވައުދު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.