ސަންޖޭ މަރުވެއްޖެ

ސަންޖޭ މަރުވެއްޖެ

Author
ފާތިމަތު ނާވީ
20 ނޮވެމްބަރ 2023 03:24
0

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ގަދްވީ މަރުވެއްޖެ އެވެ.

57 އަހަރުގެ ސަންޖޭ މަރުވީ، އޭނަ މިއަދު މަރުވީ ހެނދުނު ހިނގާލަން ނުކުޅެ އުޅެނިކޮށް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައިއެވެ. ކުއްލިއަކަށް މެއަށް ވަރަށް ބޮޑަށް ތަދުވާތީ އޭނާ މުމްބާއީގެ ކޮކީލާބެން ދިރުބާއީ އަންބާނީ ހޮސްޕިޓަލަށް ގެންގޮސް، އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވެސް ރިޕޯޓްތަށް ބުނެއެވެ.

ސަންޖޭ ގެ މަރުގެ ހަބަރާއި އެކުގައި ބޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ސަންޖޭ އަށް ތައުޒިޔާ ކިޔަމުންނެވެ. ސަންޖޭގެ މަރާއި އެކުގައި މި ގެއްލުނީ ބޮލީވުޑަށް ކާމިޔާބު ޑައިރެކްޓަރެކެވެ.

"ދޫމް" ގެ ދެ ފިލްމުގެ އިތުރުން އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "މެރޭ ޔާރު ކީ ޝާދީ"، "ކިޑްނެޕް"، "އަޖަބު ގަޒަބް ލަވް" އަދި "އޮޕަރޭޝަން ޕަރިންދޭ" ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.