ގާޒާގެ ސްކޫލަކަށް ހަމަލާދީ އިސްރާއީލުން ފަލަސްތީނުގެ 50 މީހަކު ޝަހީދު ކޮށްލައިފި

ގާޒާގެ ސްކޫލަކަށް ހަމަލާދީ އިސްރާއީލުން ފަލަސްތީނުގެ 50 މީހަކު ޝަހީދު ކޮށްލައިފި

Author
ހުސެއިން
18 ނޮވެމްބަރ 2023 06:53
0

ގާޒާގެ ސްކޫލަކަށް ހަމަލާދީ އިސްރާއީލުން ފަލަސްތީނުގެ 50 މީހަކު ޝަހީދު ކޮށްލައިފިއެވެ.

އޭއެފްޕީއާ ހަވާލާދީ އޭއެފްޕީން ބުނެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ފަތިހު އަލްފަޚުރާ ސްކޫލަށް ދިން ބޮމުގެ ހަމަލާގައި "މަދުވެގެން 50 މީހުން" މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ކަމުގައެވެ. ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި އދ އިން ހިންގާ މި ސްކޫލުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ދިރިއުޅެމުން ދިޔަ އެވެ.

އޭގެ އިތުރުން އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއާ ވިދާޅުވީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލުގައި ބާކީ އޮތީ އޭނާ އާއި މުވައްޒަފުންނާއި ބަލި މީހުން ހިމެނޭ ގޮތަށް މަދު ބަޔަކު ކަމަށެވެ. އެހެންނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެ ހޮސްޕިޓަލުން މީހުން ހުސްކުރަން އަންގާފައި ނުވާނެކަމަށް ބުނެފައެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ 28 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޭގެ އިތުރުން، ޣައްޒާގެ އުތުރުގެ އިމާރާތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 32 މީހުން ޝަހީދުވެފައިވާ ކަމަށާއި މަރުވި މީހުންގެ ތެރޭގައި 19 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ދާދި ދެންމެއަކު ބުނެފިއެވެ. އިސްރާއީލު ސިފައިން ހުއްޓުމެއްނެތި ހަމަލާދެމުންދާ ގާޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބަލިއާގައި މަރުވި އަބޫ ހަބަލް އާއިލާގެ 32 މީހެއްގެ ނަން އެ މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 12،000 މީހުން ވަނީ ޝަހީދުވެފައެވެ. އިޒްރޭލުގައި ހަމާސްގެ ހަމަލާތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދު އުޅެނީ ގާތްގަނޑަކަށް 1،200 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.