މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރާއްޖޭގެ ރައިސުލްުމުހޫރިއްޔާއާއި ނާއިބު ރައީސްގެ ގާނޫނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، މަޣުރިބު ނަމާދު ޖަމާއަތުގައި ކުރައްވައިފިއެވެ.
ޖުމުހޫރީ މައިދާނުގައި އޮތް ހުވާކުރުމުގެ ރަސްމިއްޔާތު ނިމިފައިވަނީ މައުރިބް ނަމާދު ވަރަށް ކައިރިވެފައި ވަނިކޮށެވެ. މަޢުރިބް ނަމާދު އިމާމުވެ ކުރެއްވީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއެވެ.
މި ޖަމާއަތުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި އިއްޒަތްތެރިންނާއި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރި ވެފައި ވެއެވެ.
މައުރިބް ނަމާދަށްފަހު ރައީސް މުއިއްޒު ދެން ވަޑައިގެންނެވީ ރައީސް އޮފީހަށެވެ. އެއަށްފަހު އެމަނިކުފާނުގެ އާ ކެބިނެޓްވަނީ ހުވާކުރައްވާފައެވެ. އާ ކެބިނެޓް ހުވާ ކުރައްވާފައިވަނީ 7:45 ހާއިރުއެވެ.
އެއަށްފަހު މިރޭ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ފެށުމުގެ އުފަލުގައި ހަވާ އެރުވުމަށް ވަނީ ނިންމާފައެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މިރޭ ހަވާއަރުވާނީ ރޭގަޑު 9:00 ގައި ކަމުގައެވެ. އަދި މި ބަނޑިބޭހުގެ ކުޅިވަރުތައް 5 މިނިޓަށް ދެމިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ