ކެޓްރީނާ ބަނޑުބޮޑު؟

ކެޓްރީނާ ބަނޑުބޮޑު؟

Author
ފާތިމަތު ނާވީ
19 ނޮވެމްބަރ 2023 06:17
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް މީޑީއާއިން ބުނަން ފަށައިފިއެވެ.

ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިވެނި ކުރިފަހުން ދޭތެރެ ދޭތެރެ އިން އަނަނަނީ އެނާ ބަނޑު ބޮޑުކަމަށް ބުނެ މީޑިއާއިން ހަބަރު ފަތުރަމުންނެވެ. ނަމަވެސް މިގެން އެއްވެސް ފަހަރަކު މިހަބަރު ތެދެއް ނުވެއެވެ.

މި އަޑުތައް ފެތުރެން މެދުވެރިވީ ކެޓްރީނާގެ އެންމެ ފަހުގެ ފެނިލުމުގައި އޭނާގެ ބަނޑުގައި ކުޑަ "ބޭބީ ބަމްޕް"އެއް ހުރިކަން އާއްމުންނަށް ފާހަގަ ވުމުންނެވެ. ޓައިގާ 3ގެ ޕްރޮމޯޝަން މަސައްކަތުގައި މިހާރު އުޅެމުން އަންނަ ކެޓްރީނާ އަދި އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

މީގެ އިތުރުން އަނުޝްކާ ޝަރުމާ ވެސް ބަނޑުބޮޑު ކަމަށް މިީޑިއާއިން ވަނީ ބުނެފައިއެވެ. އަނުޝްކާގެ ފެނިލުންތަކުން އޭނާ ބަނޑުބޮޑުކަމަށް ގިނަ ބަޔަކު ނިންމިއިރު އެކަމުގެ އެއްވެސް ޔަގީންކަމެއް އަނުޝްކާގެ ދެމަފިރިން ދީފައެއް ނުވެ އެވެ. އަނުޝްކާ އާއި ކެޓްރީނާ އަކީ ވަރަށް ގާތް ދެ ރަހުމަތެރިންނެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ 2021 ވަނަ އަހަރުގައިއެވެ. ވަރަށް ޕްރައިވެޓްކޮން މި ކައިވެނި ކުރެވިގެން ދިއައީ ހިންދީ ސަގާފަތާއި އެއްގޮތް ވާ ގޮތުގެ މަތިންނެވެ. ނަމަވެސް މިކައިވެނި ވަނީ ކްރިސްޓިއަން ދީނުގެ ސަގާފަތާއި އެއްގޮތަށް ވެސް ބާއްވައިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.