"ކޮފީ ވިތް ކަރަން" އަކަށް ނުދާނަން: ނަނީ

"ކޮފީ ވިތް ކަރަން" އަކަށް ނުދާނަން: ނަނީ

ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރކްޓަރު/ ޕްރޮޑިއުސަރު ކަރަން ޖޯހަރު ގެނެސްދޭ ޝޯވ "ކޮފީ ވިތު ކަރަން" ގައި ބައިވެރި ވުމަށް ދައުވަތު ލިބުން ނަމަވެސް ރީތި ގޮތުގައި ކުރާނީ މަނާ ކަމަށް ސައުތުގެ އެންމެ ކާމިޔާބު އަދި މަޝްހޫރު އެއް ތަރި ނަނީ ބުނެފިއެވެ.

މިފަހުން މީޑިއާގައި ވާހަކަ ދައްކަމުން ނަނީ ބުނީ އެ ޝޯވ އަކީ އޭނާ ކަހަލަ މީހަކާއި އެކަށީގެން ވާ ޝޯވ އެއް ނޫންކަމަށެވެ. އަދި ޝޯވ ގައި ބައިވެރި ވުމުގެ ޝައުގު ކުޑަކޮންވެސް ނެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

އޭނާ ބުނީ އޭނާ އަކީ ވަރަށް ޕްރައިވެޓް މީހެއް ކަމަށާއި އެފަދަ ޝޯވ އެއްގައި ބައިވެރިވެ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ހިއްސާ ކުރުމަކީ އޭނާގެ ޒަމީރު ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.

 

View this post on Instagram

 

A post shared by Nani (@nameisnani)

"ކޮފީ ވިތް ކަރަން" ގެ 8 ވަނަ ސީޒަން މިހާރު ކުރިއަށް ދާއިރުގައި މި ޝޯވ ގައިވެސް ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިން ވަނީ ބައިވެރި ވެފައިއެވެ. މި ޝޯއަކީ ކަރަންއާ ގާތް ބޮލީވުޑްގެ ތަރިންނާއެކު ކުރިއަށް ގެންދާ ޝޯއެކެވެ. މީޝޯއާ މެދު ހިތްހަމަ ނުޖެހި ޝޯ ތެރެއިން ކިތަންމެ ތަރިންނެއް އޭނާއަށް ވައްބަހުންވެސް ޖަހައެވެ.

މީގެ ކުރީގެ ސީޒަން ތަކުގައިވެސް ތަރިންގެ ވަރަށް ޕާސަނަލް ވާހަކަތައް ވަނީ މިޝޯ މެދުވަރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ. "ކޮފީ ވިތު ކަރަން" އަކީ 2004 ގައި ގެނެސްދޭން ފެށި އަދި އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޝޯއެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *