ޕީއެންސީގެ ސެނެޓަރ ނަބީލް މަޖިލީހުގެ މިލަންދޫ ދާއިރައަށް ވާދަކުރައްވަނީ

ޕީއެންސީގެ ސެނެޓަރ ނަބީލް މަޖިލީހުގެ މިލަންދޫ ދާއިރައަށް ވާދަކުރައްވަނީ

Author
ހުސެއިން
16 ނޮވެމްބަރ 2023 08:13
0

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ، ޕީއެންސީގެ ސެނެޓަރ މުހައްމަދު ނަބީލް ރައްޔިތުންގެ މަޖިލިހުގެ ށ. މިލަންދޫ ރައިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިޖިހުގެ ށ. މިލަންދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާނޭކަން ހާމަކޮށް، ސޯޝަލް މީޑިއާގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދާއިރާގެ ގޮނޑިއަށް އޭނާ ކުރިމަތިލީ ސާބިތުކަމާއެކު، ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކަމުގައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މަޖިލިހުގެ ގޮނޑިއަށް ކުރިމަތިލީ ނަމަކަށް ނޫންކަމަށާއި، ދައިރާއްގެ ރައްޔިތުން ބޭނުންވާނީ ޖެހިލުން ކުޑަ މީހަކު ދާއިރާގެ ގޮނޑިއަށް ހޮވުމަށް ކަމަށެވެ.

ނަބީލްއަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ސިޔާސީ ހަރަކާތަތްކުގެ ކުރީސަފުގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި އޭނާވަނީ މަގުމަތީ ހަރަކާތްތަކުން ހައްޔަރުކޮށް އެތައް ފަހަރަކު ހައްޔަރު ކޮށްފައިވެސް މެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގައި ބާއްވަން އެ ދެ ޕާޓީން ވަނީ ނިންމާފައެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓަށް ޝައުގުވެރިވާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 20 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 20 ގައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށް ވެސް ދެޕާޓީން ބުނެފައި ވެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ދާއިރާތަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ. ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކޮށް ބައެއް ކެންޑިޑޭޓުން މިހާރު ވެސް ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.