ބޮލީވުޑްގެ ޕަވާ ކަޕުލްގެ ގޮތުގައި މަޝްހޫރު ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ކައިވެނީގެ ވީޑީއޯ އެއް އާންމުކޮށްފިއެވެ. މީ އެމީހުންގެ ކައިވެންޏަށް 5 އަހަރު ވުމާއި ދިމާކޮށް އާންމު ކުރި ވީޑިއޯއެކެވެ.
މީ އެދެމީހުންގެ ކައިވެނީގެ ވީޑިއޯއެކެވެ. މީގެ ކުރިން އާންމުންނަށް ނުފެންނަ މި ވީޑިއޯ އާންމު ކުރީ އެމީހުންގެ ކައިވެންޏަށް 5 އަހަރު ފުރުމާއި ދިމާކޮށެވެ. މިވަގުތު ބްރުސެލްސް ގައި އެދެމީހުން އެނިވަސަރީ ފާހަގަ ކުރުމުން އެބަދެއެވެ.
ދީޕިކާ އާއި ރަންވީރު ކައިވެނި ކުރީ 14 ނޮވެމްބަރު 2018 ވަނަ ދުވަހުގައިއެވެ. އެމީހުން ކައިވެނި ކޮށްފައިވަނީ އިޓަލީގެ ލޭކް ކޯމޯގައިއެވެ. ނަމަވެސް ކައިވެނީގެ އުފަލުގައި އެމީހުންވަނީ ވަރަށް ބޮޑު ރިސެޕްޝަނެއް ބާއްވާފައިއެވެ.
މި ހަފްލާގައި މުޅި ބޮލީވުޑް ވަނީ ބައިވެރި ވެފައިއެވެ. އެމީހުންގެ ކައިވެންޏަށް 5 އަހަރު ވީއިރުގައި އަދި އެމީހުންނަށް ކުއްޖަކު ލިބިފައިއެެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ