މަޖިލިސް ދޮށުގަ ބޭއްވި މުޒާހިރާގައި ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބައިވެރިވެވަޑައިގެންފި

މަޖިލިސް ދޮށުގަ ބޭއްވި މުޒާހިރާގައި ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބައިވެރިވެވަޑައިގެންފި

Author
ހުސެއިން
15 ނޮވެމްބަރ 2023 03:18
0

ހައްދުފަހަނައަޅާފައިވާ އިސްރާއީލް ރައްޔިތުންނަށް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ނުދިނުމަށް އެ ގައުމުގެ ޕާސްޕޯޓް މަނާ ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ކައިރީގައި ކުރިޔށްދިޔަ މުޒާހަރާގައި ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދް އަބޫ އަލީ ބައިވެރިވެވަޑައިގެންފިއެވެ.

ތަފާތު އެކިއެކި ޝުއޫރުތައް ހިފައިގެން ރައްޔިތުންގެ މަޖިލިހުގެ ދޮށަށް ދިޔަ މީހުން މިއަދު ގޮވާލާފައި ވަނީ އިސްރާއީލްގެ މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމާއި އިސްރާއީލަށް ފަންޑު ކުރާ ހުރިހާ ބްރޭންޑުތަކެއް ބޮއިކޮޓް ކުރުމަށެވެ. މިމުޒާހިރާގައި ސަފީރު ވަލީދް އަބޫ އަލީ ބައިވެރިވެޑައިގެން، ވަނީ ފަލަަސްތީނުގެ މިނިވަންކަމަށް އަޑުއުފުލާ، އަދި ރާއްޖެއިން ފަލަސްތީނަށް ކުރަމުންދާ ތާއީދަށް ޝުކުރު އަދާކޮށްފައެވެ.

ފަލަސްތީނުގެ ދިދަ އާއި އެ ގައުމުގެ ރައްޔިތުންގެ ދިފާއުގައި ތަފާތު އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މިއަދު މަޖިލިސްދޮށުގައި ކުރި އިހްތިޖާޖާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ އެއްވެ ތިބި މީހުންނާ ބައްދަލު ކުރައްވައިފައެވެ. އޭގެ ތެރޭގައި އެމްޑީޕީ، ދަ ޑިމޮކްރެޓްސް އަދި ޕީޕީއެމްގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

މި އިހުތިޖާޖާ ގުޅިގެން އިސްރާއީލްގެ ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އައުން މިހާރުން މިހާރަށް ހުއްޓުވުމަށް މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މައްސަލައެއް ހުށަހަޅާފައި އޮތުމުން އެ ކޮމިޓީގެ ބައްދަލުވުމެއް ކުއްލި ގޮތަކަށް ވަނީ ބާއްވައިފައެވެ.

އިސްރާއީލްގެ ޔަހޫދީން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކަށް މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މި ހަމަލާތަކުގައި 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.