މާފަންނު ގެއެއްގެ ބެލްކަނީއެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބެލްކަނީ ވެއްޓުނީ މީހަކާއެކުއެވެ. އަދި އަނިޔާވި މީހާވަނީ ފަރުވާއަށް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.
މައުލޫމާތު ލިބިފައިވާ ވެއްޓިފައިވަނީ މާފަންނު 2 މާޓް ކަންމަތީ ހުރި ގެއެއްގެ ބެލްކަނީއެކެވެ. މަންޒަރުދުށް މީހަކު "ޚަބަރު އޮންލައިން"އަށް މައުލޫމާތުދިން ގޮތުގައި ބެލްކަނީ ވެއްޓިފައިވަނީ އެ ސަރަހައްދުގައި ހުރި މީހެއްގެ ބޮލަށެވެ. އަދި އޭނާގެ ބޮލަށް ގެއްލުންވެ ބޮލުން ގިނަ އަދަދަކަށް ލޭ ފޭބިކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުންގ ފަރާތުން ހާމަކޮށްފައިވަނީ، މާފަންނު ގެއެއްގެ ބެލްކަނި ވެއްޓިގެން ސައިކަލްތަކަކަށް ގެއްލުންވެފައިވާ ކަމަށް މިއަދު 13:18 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އޮފިޝަލުން ވިދާޅުވެފައިވަނީ މިހާދިސާގައި އަނިޔާވި މީހާއަށް މިހާރު ފަރުވާ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމުގައެވެ.
މިމައްސަލައާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމުގައި ފުލުހުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ