ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންހް ގްރޯވާ ދަރިފުޅު ދޭވީ ގެ އުފަންދުވަސް ރާއްޖޭގައި ކުލަގަދަކޮން ފާހަގަ ކޮށްފިއެވެ.
މި ހަފްތާގެ ކުރީގެ ކޮޅުގައި އެދެމަފިރިން ރާއްޖެ އައިސްފައިވަނީ އެމީހުންގެ ދަރިފުޅު ދޭވީގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. އެއާއި އެކުގައި އެމީހުން ވަނީ ދޭވީގެ އުފަންދުވަސް ރާއްޖޭގައި ކުލަގަދަކޮން ފާހަގަ ކޮށް ނަގައިފައިވާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިއެވެ.
އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްގައިއެވެ. މި ދުވަސް ކޮޅު ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ތަރިން ރާއްޖެ އަންނަ ދުވަސް ކޮޅަކަށެވެ. އެގޮތުން މި ފަހުން ވަނީ ގިނަ ތަރިން ތަކެއް ރާއްޖެ އައިސްފައިއެވެ. އެގޮތުން ރާއްޖެއަށް އައި ބޮލީވުޑް ތަރިންގެ ތެރޭގައި ޕަރިނީތީ ޗޯޕްރާ، އަނަންޔާ ޕާންޑޭ އަދި ޝަނާޔާ ކަޕޫރު ހިމެނެ އެވެ.
ރާއްޖެ އަކީ ބޮލީވުޑްގެ ގިނަ ތަރިން ގެ މަންޒިލެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ކޮންމެސް ތަރިއަކު ރާއްޖޭގައި ނެއް އިރެއް ވަރަށް މަދުވާނެއެވެ. އަދި ހަމަ އެއާއި އެކުގައި މި ތަރިން ނަކީ އެއްފަހަރަށް ވުރެ ގިނައިން ރާއްޖެ އަންނަ ތަރިންކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ