ރަންވީރު ދެ އެޕާޓްމެންޓް ވިއްކައިލައިފި

ރަންވީރު ދެ އެޕާޓްމެންޓް ވިއްކައިލައިފި

Author
ފާތިމަތު ނާވީ
15 ނޮވެމްބަރ 2023 06:08
0

ބޮލީވުޑްގެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންވީރު ސިންގްމުމްބާއީގައި ހުރި އޭނާގެ ދެ އެޕާޓްމަންޓެއް ޖުމްލަ 15.25 ކްރޯޑް ރުޕީސްއަށް ވިއްކާލައިފިއެވެ.

މުމްބާއީގެ ގުރުގާއޯން އަވަށުގައި ހުންނަ އެ އެޕާޓްމަންޓުތަކަކީ 1324 އަކަފޫޓު ބޮޑު އެޕާޓްމަންޓްތަކަކެއް ކަމަށް ނޫސްތަކުން ބުނެއެވެ. ޖުމްލަ 6 ޕާކިން ލޮޓް ވެސް މި އެޕާޓްމަންޓްތަކަކާއެކު ހިމެނެ އެވެ. ހަބަރުތައް ބުނާ ގޮތުގައި މިމަހުގެ ކުރީކޮޅު ރަންވީރު އެ އެޕާޓްމަންޓްތައް ވިއްކާލާފައިވަނީ ހަމަ އެ އިމާރާތުގައި އުޅޭ  މީހަކަށެވެ.

އެއާއި އެކުގައި ފިލްމީ މަސައްކަތްތަކުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވެސް އޭނާ މި ވަނީ ވަދެފައިއެވެ. ރަންވީރު ސިންގް ގެ އުންމީދީ ފިލްމް ތަކެއް ކުރިއަށް އެބަހުއްޓެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

2010 ވަނަ އަހަރު "ބޭންޑް ބާޖާ ބާރާތް" އިން ބޮލީވުޑް އަށް ތައާރަފު އެކްޓަރަކީ މިހާރު އެންމެ ޑިމާންޑް ބޮޑޫ އެކްޓަރުންގެ ތެރެއިން އެކެކެވެ. އަދި އޭނާ އަކީ ބޮލީވުޑްގެ ނަންބަރު ވަން ބަތަލާގެ ގޮތުގައި މަޝްހޫރު ދީޕިކާ ޕަދުކޯންގެ ފިރިމީހާއެވެ.

އެދެމީހުން ކައިވެނި ކުރީ 2018 ވަނަ އަހަރުގައިއެވެ. ވަރަށް ކުލަގަދަކޮން ބޭއްވި މިހަފްލާ ގައި އެމީހުންގެ އާއިލާ އާއި ގާތް ރަހުމަތްތެރިންނާއި ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ އަދަދެއްގެ ތަރިން ވަނީ ބައިވެރި ވެފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.