ބޮލީވުޑްގެ އާ ޖޯޑަކީ މުރުނާލް އާއި ބާދްޝާހް

ބޮލީވުޑްގެ އާ ޖޯޑަކީ މުރުނާލް އާއި ބާދްޝާހް

Author
ފާތިމަތު ނާވީ
16 ނޮވެމްބަރ 2023 06:11
0

ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ މުރުނާލް ޓާކުރް އާއި މަޝްހޫރު ރެޕާ ބާދްޝާހް އަކީ ދެ ލޯބިވެރިން ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

މިހަބަރު މީޑިއާއަށް ތިލަވީ އެންމެ މީގެ ދެދުވަހެއް ކުރިން މަޝްހޫރު ބަތަލާ ޝީލްޕާ ޝެޓީ ބޭއްވި ދިވާލީ ޕާޓީ އަށް އެދެމިހުން އެކުގައި ގޮސްފައި ވުމާއިއެކުގައިއެވެ. އަދި ދެމީހުން އެކުގައި އަތާއި އަތް ގުޅުވައިގެން ޕާޓީ ތެރޭގައި އުޅޭނިކޮން ނަގައިފައިވާ ފޮޓޯ ތަކެއްވެސް އަންނަނީ ދައިރު ވަމުންނެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ރެޕާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ބާދުޝާ، 37، އަކީ މީގެ ކުރިން ކައިވެންޏެއްކޮށް، ކައިވެނި ރޫޅިފައިވާ ފަންނާނެކެވެ. އޭނަ އާއި ޖޭސްމިން މަސީހްގެ ކައިވެނި ނިމުމަކަށް އައީ 2020 ގަ އެވެ. ދެހާސް ބާރައިގައި ކުރި ކައިވެނި ރޫޅުނު އިރު ދަރިޔަކު ވެސް ލިބިފައިވެ އެވެ.

މުރުނާލް އަކީ މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައިވާ ބަތަލާއެއް ނުނެވެ. މުރުނާލް އާންމުގެ މެދުގައި މަގުބޫލުކަން ހޯދީ ޑްރާމާ ސިލްސިލާ ތަކުންނެވެ. މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި މުރުނާލް އާއި އެކްޓަރު އަރިޖިތް ތަނޭޖާ އާއި އުޅެނީ ރައްޓެހި ވެގެންނެވެ.

މުރްނާލް، 31، އަކީ މިހާރު ބޮލީވުޑުންގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ބަތަލާ އެވެ. އޭނަ އަކީ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. މުރްނާލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޕިއްޕާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.