އެމަނިކުފާނު މިހާތަނަށް ދެއްވާފައިވާ ހުރިހާ އިސްތިއުފާއެއްގައިވެސް އެއްބާވަތެއްގެ ވާހަކަތަކެއް ފެންނާން ހުންނާނޭ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މިއަދު އިސްތިއުފާ ދެއްވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މިއަދު ބޭއްވުނު ޖަލްސާގައި މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ނަޝީދު ވިދާޅުވީ ހުރިހާ އިސްތިއުފާ ސިޓީއެއްގަވެސް އެއް އިބާރާތެއް ފެންނާން ހުންނާނޭ ކަމުގައެވެ. އެގޮތުން ނަޝީދު ވިދާޅުވީ އަބަދުވެސް ބަލަންޖެހޭނީ އިންސްޓިޓުއުޝަނަށް ގެއްލުމެއްވާނެތޯ ނުވަތަ ނޫންތޯ ކަމުގައެވެ.
މިއިންސްޓިޓިއުޝަންގެ ބާރު ކެނޑޭ އެތައްކަމެއް ވަމުންދާން ފެށީމަ ދެން އަޅުގަޑު ދެކޭގޮތުގައި މި މުވައްސަސާއަށް، މިމަޖިލިހަށް ގެއްލުން ވާފަދަ ކަންތައްތައް ވުމަށް އަޅުގަޑު ޖާގަދީގެން ހުރުމަކީ ރަގަޅު ކަމަކަށް ނުވާނެ.
ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް މަޖިލިހުގެ އަމީން އާންމަށް ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ކަންކަމުގެ ތެރެއަށް އެކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ ކުރާކަމެއް ނޫންކަމަށް އެކޯޓުންވެސް ބަޔާން ކޮށްފައިވާކަމަށާއި، އެހެންނަމަވެސް މިކަމުގެ ސަބަބުން ކޯޓުގެ ހުކުމްތައް ސިޔާސީވުމަށް މަގުފަހިވެ، ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނޭ ކަމުގައެވެ.
މިގޮތުން ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި، ސިޔާސީ މައްސަލަތަކަށް ހައްލު ހޯދާންވީ މަޖިލިހުގެ ތެރެއިންނާއި، މަޖިލިހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާއި ވާހަކަ ދައްކައިގެންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެއްފަރާތުން އަނެއް ފަރާތަށް އިހުތިރާމް ކުރުމާއެކު، ގައުމުގެ މަސްލަހަތު ކުރިޔަށްނެރެ ދޫދީގެންނެވެ. ސަބަބަކީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނޯންނާނެތީއެވެ. ނަމަވެސް ސުޕްރިމް ކޯޓުގެ އަމަލާއި ބަސްމަގު މިކަމުގައި ދިމާނުވާތީ އަޅުގަޑު ހިތާމަ ކުރަމެވެ.
ނަޝީދުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ފެންނަ ފެނުމުގައި މަޖިލިހުގެ ރައީސްކަމުގައި އެމަނިކުފާނު އިތުރަށް ދެމިހުރެއްޖެނަމަ މަޖިލިހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭނެ ގެއްލުން ދާނީ ބޮޑުވަމުންނެވެ.
އެހެންކަމުން މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދީފީމެވެ.
ރިޔާސަތު ދޫ ނުކުރައްވަން އެތައް ދުވަހަކު ދޫނުނީ ހުންނެވުމަށްފަހު، މިއަދު ހަވީރު މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.
ގަބޫލު ކުރެވޭ ގޮތުގައި އިސްތިއުފާގެ ހުރިހާ ސިޓީއަކަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވުމަށް ލިޔުއްވި ސިޓީއަށެވެ. އެސިޓީގައިވެސް ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމުގައި އިތުރަށް ދެމިހުރެއްޖެނަމަ ރާއްޖެއަށް ގެއްލުންވާނެކަމަށް ފެންނާނީ އިސްތިއުފާ ދެއްވީކަމުގައެވެ. އެހެންނަމަވެސް ފަހުން ނަޝީދު ވިދާޅުވީ އޭރު ގެނައީ ބަޢާވާތެއް ކަމުގައެވެ.
ނަޝީދު ފާހަގަވެފެން ދަނީ، ދައުލަތުގެ ތިންބާރުގެ ތެރެއިން ބާރެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ކޮންމެ ފަހަރަަކު މަގާމުން އިސްތިއުފާ ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.
2 Responses
ތީނައަކީ ދުލާއި ޢަމަލު ދިމާވާ މީހެއްނޫން.
ނަސީދު ތިންފައްވީ.