އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، ޒިޔަތަށް މާފު ދެއްވައި މިނިވަން ކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މި ދެބޭފުޅުންނަށް ރައީސް ސާލިހު މާފް ދެއްވުމާއެކު މިއަދު ދެބޭފުޅުންވެސް މިނިވަން ވާނެކަންވެސް އިތުބާރުހުރި މަސްދަރުތަކުން "ޚަބަރު އޮންލައިން" އަށްވަނީ ކަށަވަރު ކުރެވިފައެވެ.
އަދީބު މިނިވަންވެފައިވާކަން ހާމަކޮށް އަދީބު އުފައްދަވާފައިވާ އެމްޓީޑީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ، ރައީސް ސާލިހު އަދީބުއަށް މާފް ދީފައިވާ ކަމަށާއި، އަދީބު މިނިވަންވެގެން ދިއުން ވެގެންދާނީ އެޕާޓީ އިތުރަށް ހަރުދަނާކޮށް އަދި އެއްބައިވަންތަ ކުރުވަން ލިބިގެންދިޔަ ފުރުސަތަކަށް ކަމުގައެވެ.
ކޮމެންޓު ފޮނުވާ