ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން

ޣައްޒާގައި ހިގަމުންދާ އިންސާނިއްޔަތާއި ޚިލާފް ޖަރީމާތަކުގެ ފުރިހަމަ ޒިންމާ އިސްރާއީލުން އުފަލަން ޖެހޭނެ: އެމްބީއެސް

ޣައްޒާގައި ހިގަމުންދާ އިންސާނިއްޔަތާއި ޚިލާފް ޖަރީމާތަކުގެ ފުރިހަމަ ޒިންމާ އިސްރާއީލުން އުފަލަން ޖެހޭނެ: އެމްބީއެސް

ޣައްޒާގައި ހިގަމުންދާ އިންސާނިއްޔަތާއި ޚިލާފް ޖަރީމާތަކުގެ ފުރިހަމަ ޒިންމާ އިސްރާއީލުން އުފަލަން ޖެހޭ ކަމުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ. ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިހެން ވިދާޅުވީ އެގައުމުގައި މިހާރު ކުރިޔަށްދިޔަ އަރަބި ލީޑަރުންގެ ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަމިޓްގައި ވާހަކަ ދައްކަވަމުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ސައުދީން ގޮވާލާ ގޮވާލުން ތަކުރާރުކުރައްވައި، ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ "ޖަރީމާތަކުގެ" ޒިންމާ އިސްރާއީލުން އުފުލަން ޖެހޭނެކަމުގައި ވިދާޅުވެފައެވެ.

އދ.ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ނާކާމިޔާބީ [ދައްކުވައިދޭ] އިންސާނީ ކާރިސާއެއްގެ ކުރިމަތީގައި އަޅުގަނޑުމެން މިތިބީ.

އިސްލާމިކް-އަރަބް ސަމިޓް ފެށުމުގެ ގޮތުން ހޮނިހިރު ދުވަހު ދެއްވި ތަގުރީރުގައި ވަލީއަހުދު ވިދާޅުވި އެވެ.

އަދި ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމަށާއި އިންސާނިއްޔަތަށް މަގުފަހިވާ މަގުތައް ހުޅުވާލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ޣައްޒާގައި އާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ޒިންމާ އުފުލަންޖެހޭނީ "އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް" ކަމަށެވެ. "އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ހުއްޓުވަން ޖެހޭ،" އެތައް ހާސް އާންމުންގެ ފުރާނަ ގެއްލިފައިވާ "އަނިޔާވެރި ހަނގުރާމަ" ސައުދީން ކުށްވެރި ކުރާކަން ފާހަގަކުރައްވައި އެމްބީއެސް ވިދާޅުވި އެވެ.

ވަލީއަހުދު ވަނީ ޣައްޒާއާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބައިވަންތަ މަސައްކަތްތަކެއް ކުރުމަށް ވެސް ގޮވާލައްވާފައެވެ. ޣައްޒާގެ ވަށާލުން ނިމުމަކަށް ގެނެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މި ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް އޮތް ހަމައެކަނި ހައްލަކީ "އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބުން ނިމުމަކަށް ނެގެން، ބައިނަލްއަގުވާމި ގާނޫނުތަކާ ޚިލާފަށް ވަޒަންވެރި ކުރުވުމުގެ ސިޔާސަތުތައް ނިމުމަކަށް ގެނައުން" ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ގާނޫނީ ހައްގުތައް [އޭގެ ތެރޭގައި] އެމީހުންގެ މިނިވަން ދައުލަތެއް ގާއިމުކުރުން ވެސް ހިމެނޭކަމަށް އެމްބީއެސް ވިދާޅުވިއެވެ.

އިސްރާއީލާއި ޣައްޒާގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޖީސީސީ އާއި އަރަބި އަދި މުސްލިމް ދުނިޔޭގެ ލީޑަރުން ސައުދީ އަރަބިއްޔާއަށް ފާއިތުވެދިޔަ ހަފްތާ ބަންދުގައިވަނީ ޖަމާވެފައެވެ.

ހަމާސްގެ ހަނގުރާމަވެރިން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލުގެ 1،200 އެއްހާ މީހުން މަރުވެ، 239 މީހުން ރަހީނުކޮށްފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލުން ވަނީ ބުނެފައެވެ. ހަމާސް ޖަމާއަތުން ޣައްޒާގައި ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުން ދިން ހަމަލާތަކުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ އާންމުންނާއި ކުޑަކުދިންކަމަށްވެސް ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ޒަޔަނިސްޓުން ދަށުވެފަ ތިބި ފިނޑި ބައެއް ސައުދީގެ ވެރިންނިކީ. ސައުދީގެ ބިން ބޭނުން ކޮއްގެން އެމެރިކާމީހުން އެހެން ގައުމުތައް ސުންނާފަތި ކުރީ

Leave a Reply

Your email address will not be published. Required fields are marked *