ފުވައްމުލަކު ސިޓީގެ ރަންވޭގަ އޮތް މޯލްޑިވިއަންގެ ބޯޓަކާއި ގްރައުންޑް ހޭންޑްލިން އުޅަނދެއް އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި، ގްރައުންޑް ހޭންޑްލިންގައި ބޭނުންކުރާ ވެހިކަލެއް ކޮންޓްރޯލްނުވެ ފުރަމަ މުޑިއަރާފައިވަނީ ރަންވޭ މަތީގައި ހުރި މީހަކާ ކަމަށާއި، އެއަށްފަހު ވެހިކަލް ޖެހުނީ ރަންވޭގައި ޕާކް ކޮށްފައި އޮތް މޯލްޑިވިއަންގެ ބޯޓާ ކަމުގައެވެ. ވެހިކަލ ކޮންޓްރޯލްވީ ބޯޓުގައި ޖެހިގެންކަމަސްވެސް އޭނާ ބުނެފައި ވެއެވެ.
އެމީހާ ކިޔައިދިން ގޮތުގައި މިހާދިސާގައި އަނިޔާވި މީހާ އެމްބިއުލާންސުގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭނާއަސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ބެލެވޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި މޯލްޑިވިއަން ފްލައިޓުގެ ބޮޑިގެ ބައެއްވަނީ ފަޅައިގެން ގޮސްފައެވެ.
ފުވައްމުލަކު ހޮސްޕިޓަލްއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އަނިޔާލުބުނު މީހާއަށް މިހާރުދަނީ އެ ހިސްޕިޓަލުގައި ފަރުވާ ދެމުންކަމުގައެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތު ދީގައި ވެއެވެ.
ކޮމެންޓު ފޮނުވާ