ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ލަތީފަކީ އައްޑޫ ތަރައްޤީއަށް ލިިފައިވާ ޖަވާހިރެއް ކަމުގައި އައްޑޫ ސިޓީ ހިތަދޫ ސްޓިއަރިން ކޮމިޓީގެ ރައީސް މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކަކަށްފަހު އައްޑޫ ސިޓީގައި އިިދިކޮޅު ކޯލިޝަނުން ގިނަ ބަޔަކާއިއެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު ވެރިކަމަށް ގެނައި ސަރުކާރުން މިއަދު އައްޑޫއާއިމެދު ވެފައިވާ އިހުމާލު މުޅި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފެނި ތަޖުރިބާ ކުރެވިފައިވާކަމަށެވެ.
މިއަދު އައްޑޫ ސިޓީގެ ރައްޔިތުން ތިބީ މިހިތި ތަޖުރިބާ ތާއަބަދު ކުރަން ތިބުމުގެ ބަދަލުގައި ރައްޔިތުންނަށް ނަތީޖާ ނެރެދީފައިވާ އިތުބާރު ކުރެވޭ ޕީޕީއެމް އަލުން ވެރިކަމަށް ގެނައުމަށް އާހިއްވަރަކާއިއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރައްޔިތުންނަށް ގެނުވާފައިވާ މާޔޫސްކަމަށް އަލުން ދިރުން ގެނުވަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް މޯޑު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ މޭޔަރުކަމަށް ޕީޕީއެމްއިން ވާދަ ކުރައްވާ މުހައްމަދު ލަތީފަށް ވޯޓު ދިނުމަކީ އައްޑޫގެ ތަރައްޤީއާއި ކުރިއެރުން އަލުން އިޔާދަ ކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. ލަތީފަކީ އައްޑޫގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި ނަތީޖާ ދައްކަވާފައިވާ ބޭފުޅެއްކަމަށާއި، ލަތީފަކީ ޒުވާނުނާއި ގުޅޭ އަދި ތަރައްޤީއަށް ލޯބިކުރާ ރައްޔިތުންގެ މީހެއްކަމަށް މޯޑު ވަނީ ވިދާޅުވެފައެވެ.
އައްޑޫގެ މޭޔަރު ކަން ލިބިއްޖެ ނަމަ، 100 ދުވަސް ތެރޭގައި ފުއްދެވުމަށް، ގިނަ ވައުދުތަކެއް ޕީޕީއެމް ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް ވަނީ މީގެ ކުރިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވެވަޑައިގެންފައެވެ. ލަތީފް ވިދާޅުވެފައިވަނީ މޭޔަރު ކަމަށް ވަޑައިގެން މަސައްކަތް ކުރައްވާނީ ހުރިހާ ފަރާތްތަކާއި ވެސް ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަން ފާހަގަކުރައްވާ ލަތީފް ވިދާޅުވީ، މޭޔަރުކަމުގައި ހުންނަވާއިރު ހުރިހާ ފަރާތްތަކުގެ ޚިޔާލައި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ. އައްޑޫ ސިޓީ އަކީ އެމްޑީޕީ ސަރުކާރުގައި ކުރީގައި ބުދު ބެހެއްޓިތަނެއް ކަމަށާ، އެފަަދަ ދީނާއި ޚިލާފް ކަމެއް ތަކުރާރުވާން ފުރުސަތު ނުދެއްވާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ