ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު އިތުރަށް ކުރިޔަށް ގެންދިއުމަށް ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.
އެމައްސަލާގައި ބަންޑާރަނައިބުގެ ލަފާ ހޯދުމަށް މިއަދު ބޭއްވި އާއްމު ކޮމިޓީ ބައްދަލުވުމަށް އެކަން ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.
އޭނާ ހުށަހަޅުއްވާފައި ވަނީ، ރައްޔިތުންގެ، އްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު، މަޖިލިހުގެ ގަވާއިދާ ޚިލާފަށް މަޖިލީހުގެ ނައިބު ރައީސް އީވާއާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ކުރިޔަށް ނުގެންގޮސް، މިއަދުގެ ޖަލްސާ ނިންމަވާލައްވާފައި ވާތީ، އެ މައްސަލައިގައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އާއްމު ކޮމިޓީއަށް ލިބިފައިވާ އިޚުތިޔާރުގެ ތެރެއިން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން ބިގޭ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން މަޖިލިސް ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ނިމުމަކަށް އަނަންނަ ޖެހޭ ކަމަށާއި، އެމައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމުގައެވެ.
މިމައްސަަލައާއޮ ގުޅޭގޮތުން އޭޖީގެ ލަފާ ހޯދުމަށް ކޮމިޓީގައި ބައިވެރިވި 7 މެމްބަރުންގެ އައުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އޭޖީގެ ލަފާ ހޯދުމަށް އާންމު ކޮމިޓީން މިއަދު ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު، މަސްލަހަތު ފުށުއަރާތީ، މަޖިލީހުގެ ނައިބު ރައީސް އީވާއާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެކަމަށް މަޖިލީހުގެ އާއްމު ކޮމިޓީއަށް ލަފާދިނުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި މަޖިލިހަށް ހުށަހެޅި ގަރާރު ބޭރު ކޮށްލަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިންމެވުމަކީ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ބުނެ އެ މައްސަލަ މަޖިލިހުގެ އިމްތިޔާޒް ކޮމިޓީ އަށް މިއަދު ވަނީ ހުށަހެޅިފައެވެ. އަަދި އީވާވެސް މިއަދު ގަރާރު ކުރިޔަށް ގެންގޮސްފައި ނުވާތީ އޭނާގެ މައްސަލަވެސް އިމްތިޔާޒު ކޮމިޓީން ވަނީ ބަލާފައެވެ.
މަޖިލީހުގެ ރައީސްގެ ނޯކޮންފިޑެންސް މޯޝަން ކުރިޔަށްދާއިރު، ރިޔާސަތު ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ ދެ މެންބަރުން ކަަމަށްވާ އީވާ އާއި އަފީފަށް ނުބެލެހެއްޓޭ ގޮތަށް ކަނޑައަޅައިދިނުމަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމްއެވެ.
އިކްރާމްގެ ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ. އަދި އެ ނިންމުން މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށް ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ