ބިޕާޝާ އާއިލާ އާއި އެކު ރާއްޖޭގައި

ބިޕާޝާ އާއިލާ އާއި އެކު ރާއްޖޭގައި

Author
ފާތިމަތު ނާވީ
13 ނޮވެމްބަރ 2023 05:14
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންހް ގްރޯވާއާއި ދަރިފުޅު ދޭވީއާއެކު ރާއްޖޭގައި ދުވަސްތައް ހޭދަކުރަމުންނެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްގައިއެވެ.

މި ދުވަސް ކޮޅު ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ތަރިން ރާއްޖެ އަންނަ ދުވަސް ކޮޅަކަށެވެ. އެގޮތުން މި ފަހުން ވަނީ ގިނަ ތަރިން ތަކެއް ރާއްޖެ އައިސްފައިއެވެ. އެގޮތުން ރާއްޖެއަށް އައި ބޮލީވުޑް ތަރިންގެ ތެރޭގައި ޕަރިނީތީ ޗޯޕްރާ، އަނަންޔާ ޕާންޑޭ އަދި ޝަނާޔާ ކަޕޫރު ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

ރާއްޖެ އަކީ ބޮލީވުޑްގެ ގިނަ ތަރިން ގެ މަންޒިލެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ކޮންމެސް ތަރިއަކު ރާއްޖޭގައި ނެއް އިރެއް ވަރަށް މަދުވާނެއެވެ. އަދި ހަމަ އެއާއި އެކުގައި މި ތަރިން ނަކީ އެއްފަހަރަށް ވުރެ ގިނައިން ރާއްޖެ އަންނަ ތަރިންކަން ވެސް ފާހަގަ ކޮށްލެވެއެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

2000ގެ އަހަރުތަކުގައި މަޝްހޫރުވި ބިޕާޝާ  ރާއްޖެ އައިސްފައި މިވަނީ ދަރިފުޅުގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކުރާށެވެ. މިއަދަކީ ދޭވީގެ އުފަން ދުވަހެވެ. މީ ކަރަން އަދި ބިޕާޝާ ގެ ވެސް އަލަތު ދަރިފުޅެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.