"ދި އާޗީސް" ގެ ރަސްމީ ޓްރެއިލާ

"ދި އާޗީސް" ގެ ރަސްމީ ޓްރެއިލާ

Author
ފާތިމަތު ނާވީ
13 ނޮވެމްބަރ 2023 03:23
0

ސްޓާ ކިޑުންތަކެއް ބޮލީވުޑް އަށް ތައާރަފްވާ ފިލްމް "ދަ އާޗީސް" ގެ ރަސްމީ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ޒޯޔާ އަހުތަރު ޑައިރެކްޓް ކުރާ ފިލްމް އަކީ ގިން ސްޓާ ކިޑުން ތަކެއް ބޮލީވުޑް އަށް ތައާރަފް ކުރާނެ ފިލްމްއެކެވެ. މީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ.

މި ފިލްމް އިން ޝާހުރުކް ހާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހާންއާއި، ބަތަލާ ސްރީދޭވީ އަދި ޖާންވީ ކަޕޫރު ގެ ކޮއްކޮ ހުޝީ ކަޕޫރުގެ އިތުރުން އަމިތާބް ބަަޗަން ގެ ކާފަދަރިފުޅޫ އަގަސްތިޔާ ނަންދާ ބޮލީވުޑްއަށް ތައާރަފް ވާނެއެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

"ދި އާޗީސް" އަކީ ހުޅަނގުގެ ކޮމިކް ވާހަކަ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. އޭގެ ޓްރެއިލާ ދައްކައިލީ ނެޓްފްލިކްސް އިން މި އަހަރު ގެނެސްދޭން ހުރި އުފެއްދުންތަކެއް ދައްކައިލަން ބްރެޒިލްގައި ބޭއްވި ކުލަގަދަ "ޓުޑުމް" އިވެންޓްގަ އެވެ.

އަންނަ މަހުގެ 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ވަރަށް އުންމީދީ އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.