އަނުޝްކާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެ

އަނުޝްކާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެ

Author
ފާތިމަތު ނާވީ
12 ނޮވެމްބަރ 2023 06:08
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާއިނީ ދެވަނަ ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އަނުޝްކާ ބަނޑުބޮޑުކަމުގެ ވާހަކަ ދެކެވެން ފެށިނަމަވެސް މިހަބަރު ރަސްމީކޮން ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ. ނަމަވެސް މީގެ ދެދުވަހެއް ކުރިން އަނުޝް އާއި އޭނާގެ ފިރިމީހާ އެކުގައި ހިނގައިފައި ދަނިކޮން ނަގައިފައިވާ ވީޑިއޯ ކޮޅެއް ވަނީ ވައިރަލް ވެފައެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި އަނުޝްކާގެ ބަނޑު ވަރަށް ބޮޑެވެ. ބެލެވޭ ގޮތުުގައި 6އެއްކަ މަސްވެދާނެއެވެ. އެދެމަފިރިން އަތާއި އަތް ޖޯޑު ކޮށްގެން ދަނިކޮން އަރިމައްޗަކުން ނަގައިފައިވާ މި ވީޑިއޯ އާއި ބެހޭ ގޮތުން އެމީހުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އާއި އަނުޝްކާ ޝަރުމާ ކައިވެނި ކުރީ 2017 ވަނަ އަހަރު ވަރަށް ސިއްރުން އިޓަލީގައި ހަމައެކަނި އާއިލާ އާއި ގާތް ރަހުމަތްތެރިންގެ މެދުގައި ވަރަށް ޕްރައިވެޓް ހަފްލާއެއް ގައިއެވެ.

މިކައިވެނިން އެދެމަފިރިން ނަށް ވަނީ އަންހެން ކުއްޖެއް ލިބިފައިއެވެ. އެއީ 2021 ވަނަ އަހަރުގައިއެވެ. އެކުއްޖާގެ ނަމަކީ ވަމިކާއެވެ. ނަމަވެސް އެމީހުން އުޅެނީ އެކުއްޖާ "މީޑިއާ" އަށް ފޮރުވައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.