އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތައް ހުއްޓިދާނެ ކަމުގެ ބިރެއް ނެތް: އެގްޒިމް ބޭންކު

އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތައް ހުއްޓިދާނެ ކަމުގެ ބިރެއް ނެތް: އެގްޒިމް ބޭންކު

Author
ހުސެއިން
09 ނޮވެމްބަރ 2023 01:45
0

އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް އާ ސަރުކާރު ހުވާކުރުމަށްފަހުވެސް ހުއްޓުމަކަށް އަންނާކަމުގެ ނުބެލެވޭ ކަމުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އެމް. ރަމޭޝް ވިދާޅުވެއްޖެއެވެ.

ފައިތުވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރު ބަލިވެ، ޑރ، މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ހިސާބުން އިންޑިއާގެ ބައެއް ފަރާތްތަކުން އެމަނިކުފާނު ސިފަ ކޮށްފައިވަނީ އިންޑިއާއާއި ދެކޮޅު، އަދި ޗައިނާއަށް ތާއީދުކުރާ ބޭފުޅެއްގެ ގޮތުގައެވެ.

އޭގެ އެއް ސަބަބެއްގެ ގޮތުގައި އިންޑިއާގެ މީޑިއާތަކުގައި ފާހަގަކޮށްފައިވަނީ އިދިކޮޅު ޕީޕިއެމްއިން ކުރިޔަށް ގެންދިޔަ އިންޑިއާއައުޓު ކެމްޕޭންގައި އިސް ސަފުގައި ޑރ. މުއިއްޒުވެސް ބައިވެރިވެވަޑައިގެންފައި ވާތީއެވެ.

އެހެންނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ބޭރުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރަކީ އެއްވެސް ގައުމަކާ ދެކޮޅު ސަރުކާރަކަށް ނުވާނެ ކަމަށާއި، ގެންގުޅުއްވާނީ ޕްރޯ މޯލްޑިވްސް ޚާރިޖީ ސިޔާސަތެއް ކަމުގައެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ މުހިންމު ބޮޑެތި މަޝްރޫއުތަކަށް ފައިނޭންސް ކުރަމުންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ފޯރުކޮށްދީފައިވާ ލައިން އޮފް ކުރެޑިޓްގެ ތެރެއިންނެވެ.

އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ އެގްޒިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އެމް. ރަމޭޝް ވިދާޅުވެފައިވަނީ އާ ސަރުކާރުގެ ހުރިހާ ނިންމުމެއްވެސް ހުންނާނީ އުސޫލާއި ހަމަތަކުގެ ތެރެއިން ކަމަށް އެފަރާތުން ޔަގީން ކުރާ ކަމުގައެވެ.

އަހަރެމެން މިދަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް އެހީތެރި ވެދެމުން. އަދި އަހަރެމެން ގަބޫލު ކުރަނީ އާ ސަރުކާރުގެ ހުރިހާ ނިންމުމެއްވެސް ހުންނާނީ އުސޫލުތަކާއި ހަމަތަކުގެ ތެރޭގައި ކަމަށް. އަދި މިހާރު ކުރިޔަށް މިދާގޮތަށް ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވޭނެކަމަށް އުއްމީދު ކުރަން. އެހެންކަމުން މިވަގުތު އެއްވެސް ކަންބޮޑު ވުމެއް ނެތް.

އިންޑިއާގެ އިކޮނިމިކް ޓައިމްސް ނޫހަށް މައުލޫމާތު ދެއްވަމުން ރަމޭޝް ވިދާޅުވިއެވެ.

އެގްޒިން ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރައެވެ.

އެއްގޮތަކަށްވެސް ހާލަތަށް ބަދަލެއް އަތުވެދާނެކަމަށް ގަބޫލެއް ނުކުރެވޭ.

އޭނާ އިތުރަށް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖޭގައި ހިންގާ ތަރައްގީގެ އެންމެ ބޮޑެތި ޕްރޮކެޓްތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުއާއި، ގަން އިންޓަރނޭޝަލް އެއަރޕޯޓުގެ މަޝްރޫޢުއާއި، މާލެ-ގުޅީފަޅު ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢުއާއި އަދި ގުޅީފަޅު ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއެވެ.

އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި މިމަޝްރޫއުތައް ކުރިޔަށް ގެންދާއިރު، އެއްބަސްވެފައިވާ އުސޫލަކީ، މަޝްރޫޢުތަކުގެ މަދުވެގެން %75 ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ކޮންޓްރެކްޓަރުންނަށް ވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.