އެމްޓީސީސީގެ ސީއީއޯގެ މަގާމަށް މުބީން!

އެމްޓީސީސީގެ ސީއީއޯގެ މަގާމަށް މުބީން!

Author
ހުސެއިން
08 ނޮވެމްބަރ 2023 02:22
0

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ސަރުކާރު އެކުލަވާލައްވަމުން ގެންދަވާއިރު، ސަރުކާރުން ކުރިޔަށް ގެންދަވާ ތަރައްގީގެ އެންމެ މުހިންމު މަޝްރޫއުތައް ކުރިޔަށް ގެންދަވާ އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯގެ މަގާމަށް، ރައްޔިތުންގެ މަޖިލިހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން ހަމަޖައްސަވަން ނިންމަވާފައިވާކަމަށް، އިތުބާރު ހުރިގޮތަކަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ އެމްޓީސީސީގެ ސީއީއޯގެ މަގާމަށް މުބީން ހަމަޖައްސަވަން ނިންމަވާފައިވާއިރު، އޭނާ ފާހަގަވެގެން ދިޔައީ ޑރ. މުއިއްޒުގެ ރިޔާސީ ކެޕްމޭންގައިވެސް އިސްދައުރެއް އަދާކުރެއްވި، މުއިއްޒުގެ ވަރަށް އަރިސް ފަރާތެއްގެ ގޮތުގައެވެ. މިގޮތުން މުބީންވަނީ ޑރ. މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް، ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް، ގިނަ ރެލީތަކުގައިވެސް ބައިވެރިވެފައެވެ. މިގޮތުން ޑރ. މުއިއްޒުގެ ކެމްޕޭންގެ ލޮޖިސްޓިކްސް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރި ވެފައިވާއިރު، ޕީޕީއެމްގެ ބިލެއްދޫ ދާއިރާގެ ރައީސްކަންވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.

އެމްޓީސީސީއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ކުންފުންޏެވެ. އެގޮތުން ސަރުކާރުން ކުރިޔަށް ގެންދާ، ބިން ހިއްކުމާއި ފަޅުފުން ކުރުމާއި، ބަނދަރުތައް ތަރައްގީ ކުރުންފަދަ ބޮޑެތި ގިނަ މަޝްރޫޢުތައް ކުރިޔަށް ގެންދަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.

މިމަހުގެ 17 ވަނަ ދުވަހު އިންތިޚާބީ ރައީސް މަގާމުގެ ހުވާ ކުރައްވާ ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވަމުން ދާއިރު، މިހާރު ގެންދަވަނީ ކެބިނެޓްގެ ގިނަ މަގާމްތަކަށް ބޭފުޅުން ހަމަޖައްސަވަމުންނެވެ. އިންތިޚާބީ ރައީސް ވިދާޅުވެފައިވަނީ، ކެބިނެޓްގެ އިތުރުން ދައުލަތުގެ ބޮޑެތި ކުންފުނިތަކަށްވެސް އެމަނިކުފާނު ހަމަޖައްސަވާނީ، އިތުބާރު ކުރެއްވޭ އަދި ގާބިލް ބޭފުޅުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަ
ސަރުކާރުން ޕްރޮޖެކްޓް ތައް ދިނީމަ ހިންގަން ކޮންމެ މީހަކު ހުއްޓަސް ތިޔަތަން ހިނގާނެ.. މިހާރު ހުރިމީހާ މޮޅުވެގެން ވަކި ކޮންކަމެއް ކުރީ؟
ޟ ޟަމް
ޢާޒިމް ހަމަ އެންމެ ބެސްޓީ ތި މަގާމަށް
ޜ ޜުރީނާ
އެމްޓީސީސީ ގަ މަށަށް ފެންނަނީ އާޒިމް ބަހައްޓަން ފިސަހަރި ހިންގުންތެރި ބޭފުޅެއް އެއީ
ޟ ޟަމް
ޢާޒިމް ހަމަ އެންމެ ބެސްޓީ ތި މަގާމަށް
ާ ާނައިންޓޭ
ހިއެއްމނުވޭ އަޑުގަދަ މީހާ އިސްމަގާމްތަކާއި ހަވާލުކުރާ އުސޫލެއް މުއިއްޒު ގެންގުޅުއްވާ ފާނެހެން ،
ދ ދަންދަހެލު
އޭތެދެކޭ ބުނާކަށް ނުވާނެ. ކެއްކޮއްލާ މާގިނަ ދުވަހެއް ނުވެ ތިހުރިހާ ނަންތަކެއް ފާލުވާނެ. ހިތެއް އެރި ވާހަކަ އެއް ނުދައްކާ މަޑުކޮއްލާ.!
ބ ބެއްޔާ
ހަމަ ހުވާ. މިއީ ދޮގު ޚަބަރެއް
ރ ރަހާބެ
ތީ ކޯޗެއް ކިޔަވައިގެން ހުރި ޕްރޮފިސަރެއްބ! މިހާރު އިވޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސްކަށްވެސް ލަނީ ރޯނުއެދުރު ޕްރޮފިސަރ އަދުރޭ ކަމަށްވަނީ... އެހެންކަމުން މިހާރު މިއަޑުއިވޭ ގޮތުން މުއިއްޒު ވިދާޅުވާހެން ހަމަ ވަރަށް ގާބިލް ދަކްޓަރިއޭޓް ނަންގަވައިގެން ތިއްބެވި ބޭފުޅުން ތިލައްވަނީ... އަނެއްކާ ކަމަށް ތަޖްރިބާހުރި މުބީނަކީ އެދާއިރާއިން ކިޔަވާ ރޯނިއެދުރަކަށް ވެފަ ހުރި މީހެއް ތި ސަރުކާރު 8 ފައިޖަހާފަ ބާރަށް ދުވެހޮސް ރޭސް ނިންމާނީ ޗޮކުން ކަމަށް މިހާރު ހީވާކަހަލަ.
އެސްޓީޢޯގެ ތެޔޮ ތާންގީތައް ކަޓުވާލި ބޮޑު ވަގެއް ތީ. 24 މިލިއަން ރުފިޔާ ބޮޑު ގެއްލުމެއް އެމްޓީސީސީއަށް ދިން މީހެއް ތީ.
ވ ވަގެއް
މުބީންގެ ހުރީ ކޮންގާބިލްކަމެއް؟ ހަމަވަގުން
ގ ގައުމު
ތިމީހަކު ލާނެކަމެއްނެތް. ތިއަށްވުރެ ރަނގަޅު މީހުން އެބަތިބި.
I I am
kamaku nudhey. Hama Solih sarukaaru