ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ކުރީގެ ބަތަލާ ޒީނަތް އަމަން ލޮލުގެ އޮޕަރޭޝަނެއްކޮށްފި އެވެ.
70 ގެ ތެރޭގައި ހިންދީ ސިނަމާގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ބަތަލާ ވަނީ އޭނާގެ މި ވާހަކަތަށް ވަރަށް ތަފްސީލުކޮން ކިޔައިދީފައިއެވެ. މި ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެކަމުގެ ސަބަބުން ލޮލުގެ ފެނުމަށްވެސް އަސަރުކޮށްފައިވާ ކަމަށެވެ.
ފިލްްމު ކުޅުނު ރަންޒަމާނުގައި ޒީނަތު މަޝްހޫރުވީ "ފެޝަން އައިކަންއެއް" ގެ ގޮތުގަ އެވެ. 71 އަހަރު ބަތަލާ އަކީ މިހާރު ގިނަ ބައަކު އެމީހެއްގެ ފެޝަން އަށް ތައުރީފް ކުރާ ބަތަލާއެކެވެ.
އޭނަގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އަދި އެންމެ މަޝްހޫރު އެކްޓަރުންނާއި ޑައިރެކްޓަރުންނާ އެކީ މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން އޭނާ އަކީ އެދުވަސް ވަރުގައި ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ރީތި ބަތަލާއެއްގެ ގޮތުގައި މަޝްހޫރު ބަތަލާއެކެވެ.
މިހާރު ވެސް މަދުމަދުން ފިލްމީ މަސައްކަތްތައް ކުރަމުން އަންނަ ބަތަލާ މިހާރު އަންނަނީ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. "ބަން ޓިއްކީ" ކިޔާ މި ފިލްމުގެ ކާސްޓްގައި ޝަބާނާ އާޒްމީ އާއި އަބޭ ޑިއޯލް ވެސް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ