އިންޑިއާގެ ގައުމީ ޓީމުގެ ކްރިކެޓް ކުޅުންތެރިޔާ ޝުބްމަން ގިލްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކަ ތަށް ބަތަލާ ސާރާ އަލީ ހާން ދޮގުކޮށްފިއެވެ.
ސާރާ އާއި ޝޫބްމަން ގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާގައި ދެކެވޭތާ މިހާރު ވަނީ ދުވަސްގަނޑެއް ވެފައިއެވެ. އަދި ސާރާ ޝުބްމަން ގެ މެޗުތަށް ބަލަން ގޮސް ހުރިކަމަށް ބުނެ ވެސް ދޭތެރެ ދޭތެރެ އިން އިވެއެވެ.
ނަމަވެސް މިވީހާ ތަނަށް ވެސް އެމީހުންގެ ގުޅުން އޮތީ ސުވާލު މާކެއްގެ ތެރޭގައިއެވެ. ސާރާވެސް އަދި ޝުބްމަން ވެސް އެކަމާއި ގުޅިގެން ކުރާ ސުވާލު ތަށް މިހިސާބަށް އައި އިރުވެސް ވަނީ އިގްނޯ ކޮށްލައިފައިއެވެ.
މިހާރު ސްޓްރީމް ކުރަމުން އަންނަ، މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން 8″ގެ ކުރިއަށް އޮތް ތިންވަނަ އެޕިސޯޑުގައި މެހުމާނުންގެ ގޮތުގައި ބައިވެރިވެ ދެއްކި ވާހަކައެއްގައި ސާރާ ބުނީ ޝުބްމަން އާއި ލޯބީގެ ގޮތުން އެއްވެސް ގުޅުމެއް ނެއްކަމަށެވެ.
އިތުރަށް އޭނާ ބުނެފައިވަނީ އެންމެން އެ ދައްކަނީ ނުބައި ސާރާއެއްގެ ވާހަކަ ކަމަށެވެ. ސާރާ އެ އިޝާރާތް ކުރީ މަޝްހޫރު ކްރިކެޓް ކުޅުންތެރިއާ ސަޗިން ޓެންޑުލްކަރުގެ ދަރިފުޅު ސާރާ ޓެންޑުލްކަރު ކަމަށް ބެލެވެއެވެ.
"ކޮފީ ވިތު ކަރަން 8″ ގައި ސާރާ ބައިވެރި ވެފައިވަނީ އޭނާގެ ބެސްޓް ފްރޭންޑް އަނަންނިޔާ ޕާންޑޭ އާއި އެކުގައިއެވެ.
ކޮމެންޓު ފޮނުވާ